twitterviber whatsapp telegramfacebookyoutube instagram
23rd August 2025

ހދ އަތޮޅު ކައުންސިލުން އިސްނަގައިގެން ލޭ ހަދިޔާ ކުރާ މީހުންގެ ދަފުތަރެއް ހުޅުވުނީ

Oct 6, 2015

ހދ އަތުޅު ކައުންސިލުން އިސްނަގައިގެން ލޭ ހަދިޔާ ކުރާމީހުންގެ ދަފުތަރެއް އޮންލައިންކޮށް ހުޅުވުމަށް ހަމަޖެހިއްޖެ އެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެން ޝަގީފް ވިދާޅުވީ މިކަމަށް ބޭނުންވާ ވެބްސައިޓް ފަރުމާ ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށާއި އަންނަ ހަފްތާޔަށް މި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި މި ދަފްތަރުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތުވެސް އަންނަ ހަފްތާ ހުޅުވާލެވޭނެ ކަމަށްވެސް ޝަގީފް ވިދާޅުވިއެވެ.

މިމަސައްކަތަކީ ހޮސްޕިޓަލާ ގުޅިގެން ކުރެވޭ ކަމެއް ކަމަށާއި އެގޮތުން ކައުންސިލުން މިހާރު ހޮސްޕިޓަލާ މަޝްވަރާކުރެވެމުން ދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޝަގީފު އިތުރަށް ވިދާޅުވީ މި ދަފުތަރު ހުޅުވުމުގެ މަގުސަދަކީ ކުޅުދުއްފުއްޓާއި އަތޮޅުތެރޭގައި ތިބި ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ފަސޭހައި ހަދިޔާކުރުމުގެ މަގު ހުޅުވިގެން ދިޔުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355