twitterviber whatsapp telegramfacebookyoutube instagram
12th July 2025

އެލްކޭޖީ އާއި ޔޫކޭޖީ ދަރިވަރުން ސަރުކާރު ސްކޫލުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

Oct 7, 2015

2016 ވަނަ އަހަރު ފެށޭއިރު ޔޫކޭޖީ އާއި އެލްކޭޖީ ސަރުކާރުން ދެވޭ ހިދުމަތަކަށް ހެދުމަށްޓަކައި  އެ ދެ ގުރޭޑްގެ ދަރިވަރުން ސަރުކާރު ސްކޫލްތަކަށް ބަދަލު ކުރެވުމުގެ މަަސައްކަތް  އެޑިކޭޝަން މިނިސްޓްރީ ފަށައިފި އެވެ.

ސަރުކާރުގެ ސްކޫލުތަކަށް މިނިސްޓްރީ މިދިޔަ އާދިއްތަ ދުވަހު ފޮނުވި މެސެޖްގައި ބުނެފައިވަނީ އަންނަ އަހަރު އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުން ސަރުކާރުގެ ސްކޫލުތަކަށް ބައްދަލުކުރުމަށް ވާ ޖެހޭ ތައްޔާރީތައް ސްކޫލުތަކުން ކުރިއަށްގެންދިޔުމަށެވެ.

ކުޅުދުއްފުށީގައި ހުންނަ 2 ޕްރީ ސްކޫލުން  އަންނަ އަހަރު  ޖުމްލަ 475 ދަރިވަރުން   އަފީފުއްދީން ސްކޫލަށާއި ހދ އަތޮޅު ތައުމީލީ މަރުކަޒަށް ބެހިގެންދާނެ އެވެ.

އެގޮތުން ސްކޫލުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި ކިޔަވައި ދިނުމުގެ ދަންފަޅިއަށް ގެންނަށް ޖެހޭ ބަދަލުތަށް ހިމެނެއެވެ.

އެގޮތުން ކުޅުދުއްފުށީގައި ހިންގާ 2 ޕްރައިމަރީ ސްކޫލް ކަމަށްވާ ހދ އޭއީސީ އަދި އަފީފުއްދީން ސްކޫލުން މިކަމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

“ކުޅުދުއްފުށީ އޮންލައިނަށް” މައުލޫމާތު ދެމުން ހދ އޭއީސީގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވިދާޅުވީ މިހާރު ކުރެވެމުންދާ މަސައްކަތަކީ ގެންނަން ޖެހޭ ބަދަލުތައް ބަލައި އެކަން މިނިސްޓްރީއަށް އެންގުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ކްލާސް ރޫމަށް ގެންނަން ޖެހޭ ބަދަލުތަކާއި ކުޅިވަރު ކުޅޭ ސަރަހައްދަށާއި އަދި ކްލާސް ރޫމަށް ބޭނުންވާ ތަކެތި މިނިސްޓްރީއަށް އެންގުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އަހުމަދު އަބްދުﷲ ވިދާޅުވި އެވެ.

އަފީފުއްދީން ސްކޫލް ގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވީ ޔޫކޭޖީ އަދި އެލްކޭޖީގެ ދަރިވަރުން ސަރުކާރު ސްކޫލްތަކަށް ބަދަލު ކުރުމަށް މިނިސްޓްރީން އެންގުމާ ގުޅިގެން އެކަމުގެ ތައްޔާރީތައް ސްކޫލުތައް ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ. އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުން އަންނަ ގެންނަ ހަމަޖެހިފައިވަނީ މެންދުރު ފަހުގެ ދަންފަޅިގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ކުޅުދުއްފުށީ އޮންލައިނަށް ދެއްވި އިންޓާވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ 2016 ވަނަ އަހަރު ފެށޭއިރު ޔޫކޭޖީ އާއި އެލްކޭޖީ ސަރުކާރުން ދެވޭ ހިދުމަތަކަށްވާނެ ކަމަށާއި އަންނަ އަހަރު ދިރާސީ އާ އަހަރަށް ސްކޫލްތައް ހުޅުވެންވާއިރަށް އެކަން ހަމަޖެހިދާނެ ކަމަށެވެ.

ޕްރީ ސްކޫލު ތައުލީމް ހިލޭ ދިނުމަކީ ރައީސް ޔާމީންގެ ރިޔާސީ ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355