twitterviber whatsapp telegramfacebookyoutube instagram
4th May 2024

ދިރާގުން ރާއްޖޭގައި ރަސްމީކޮށް އައިފޯން 6އެސް އަދި 6އެސް ޕްލަސް ލޯންޗް ކޮށްފި

Oct 8, 2015

ރ ހަފްލާއެއްގައި ދިރާގުން އައިފޯން 6އެސް އަދި އައިފޯން 6އެސް ޕްލަސް ރާއްޖެއަށް ރަސްމީކޮށް ލޯންޗްކޮށްފައި ވާއިރު މިއީ އެޕަލް ކުންފުނީގެ އުފެއްދުމެއް ލޯންޗް ކުރާ ރަސްމީ ތާރީޙެއްގައި ރާއްޖޭގައި ވެސް އެއުފެއްދުމެއް ރަސްމީކޮށް ލޯންޗް ކުރެވޭ ފުރަތަމަ ފަހަރުވެސްމެއެވެ.

ދިރާގުން ވަނީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެން، 6 އޮކްޓޯބަރުގެ ދަންވަރު 12 އާއި ހަމަޔަށް އެޕަލް ގެ އައު އައިފޯންތަކަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލާފައެވެ. އެގޮތުން އެމުއްދަތުގެ ތެރޭގައި ޕްރީއޯޑަރ ކޮށް، އިންސްޓޯލްމަންޓް އަދި ފުލް ޕޭމަންޓް ދައްކަވާފައިވާ ފަރާތްތަކަށް، މިރޭގެ ރަސްމިއްޔާތުގައި ވަނީ އެކަސްޓަމަރުންގެ ފޯންތައް ހަވާލުކޮށްފަ އެވެ.

ދިރާގުން ހާމަކުރާގޮތުގައި، އެކުންފުނިން ޕްރީއޯޑަރ ކުރުމަށް ހުޅުވާލި ފުރުސަތުގެ ތެރޭގައި 1000 އަށްވުރެ ގިނަ ފަރާތުން ވަނީ ޕްރީއޯޑަރ ކޮށްފަ އެވެ. ރޭގެ ރަސްމިއްޔާތުގައި ފޯނުތައް ހަވާލުކުރެވިފައިވަނީ އޭގެތެރެއިން ދިރާގުން ކަނޑައެޅި ޝަރުތުތައް ފުރިހަމަވެ، އެ ބޭފުޅުންގެ ފޯނުތަކަށް ފައިސާ ދައްކަވާފައިވާ ފަރާތްތަކާއެވެ.

ރޭގެ ރަސްމިއްޔާތުގައި އައިފޯން 6އެސް އަދި 6އެސް ޕްލަސް ދިރާގުން ވިއްކާފައި ނުވިނަމަވެސް، އޮކްޓޯބަރު 8 ވާ ބުރާސްފަތި ދުވަހު ސްޓޮކް ހުސްވަންދެން، ހެނދުނު 10 ން ހަވީރު 4 ކަށް ދިރާގު ހެޑްއޮފީހުން ފޯން ވިއްކަމުން ދާނެ ކަމަށް ދިރާގުން ހާމަކުރެއެވެ.

ރާއްޖޭގައި އެޕަލް ގެ އުފެއްދުންތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަދި ސްޓޮކިސްޓް އަކީ ސޮފްޓްޓަޗް މޯލްޑިވްސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355