twitterviber whatsapp telegramfacebookyoutube instagram
28th November 2026

އުތުރުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ: މެޓް އޮފީސް

Oct 8, 2015

އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގުގުރުމާއިއެކު މިއަދާއި މާދަމާ ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއި ބޭހޭއިދާރާއިން ބުނެފި އެވެ.

މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާ 10 މޭލުދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށް އެއިދާރާއިން ބުންޏެވެ.

އޭގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މިއަދު ފަތިހުން ފެށިގެން ކުޅުދުއްފުއްޓަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އަދި ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމުން ހިންގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293