twitterviber whatsapp telegramfacebookyoutube instagram
7th November 2025

ގިނަ އަހަރުތަކެއްގެ މެދު ކެނޑުމަކަށް ފަހުން އަލުން ނާގޯށީގެ މަސައްކަތް ފަށަނީ

Oct 8, 2015

ހދ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، އަންނަ މަހު އަލުން ފަށާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެމްޓީޑީސީ)ން ބުނެފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒް މިއަދު ވިދާޅުވީ ނާގޯށީގެ މަސައްކަތް އަލުން ފެށުމަށް އެ ރަށާ ހަވާލުވެފައިވާ ތްރީ ކޭ އިންޓަނޭޝަނަލްއާ ވާހަކަދައްކަމުން އަންނަ ކަމަށެވެ. މަސައްކަތް ހުއްޓިފައިވަނީ ފައިސާގެ ދަތިތަކާ ހުރެކަމަށެވެ.

ނާގޯށި ތަރައްގީކުރުމުގެ މަސައްކަތް 2009 ވަނަ އަހަރު ފެށީ ކާލްސަން ހޮޓެލްސް، ރެޑިސަން ބްރޭންޑްގެ ރިސޯޓެއްގެ ގޮތުގައި ހުޅުވުމަށެވެ. އެ ރަށުގެ މަސައްކަތް މެދުކެނޑުނުއިރު 50 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީޑީސީން ބުނެއެވެ.

ހދ. ނާގޯށިގެ  މަސައްކަތް ނާގޯއްޓަކީ ސެޕްޓެމްބަރު ،17 2006 ގައި ސަރުކާރުން އެމްޓީޑީސީ އަށް ކުޔަށް ދޫކޮށްފައިވާ ރަށެކެވެ. އެމްޓީޑީސީން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާ ތްރީ ކޭ އަށް އެ ރަށް ކުއްޔަށް ދިނީ 2007 ވަނަ އަހަރު ޑިސެމްބަރު މަހު އެވެ. އެ ރަށުގައި 600 އެނދު ތަރައްގީކުރުމަށް ސަރުކާރުން ވަނީ ހުއްދަދީފަ އެވެ.

ތްރީ ކޭ އިންޓަނޭޝަނަލް އިން 91 މިލިއަން ޑޮލަރު ( 1.2 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ނާގޯށީގައި ތަރައްގީކުރާ 281 ވިލާގެ އަގު ބޮޑު ރިސޯޓު 2012 ވަނަ އަހަރުގެ ޖުލައިމަހު ހުޅުވާނެ ކަމަށް ކުރިން ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355