ގައުމީ ޔުނިވާސިޓީގެ “ފަހިދުވަސް” ކުޅދުއްފުށީ ކެމްޕަހުގައި ފެށިގެން ކުރިއަށް އެބަދެ އެވެ.
ގައުމީ ޔުނިވަސިޓީން އަންނަ އަހަރު ފަށާ ކޯސްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މި ފަހި ދުވަސް ފައްޓަވައިދެއްވީ ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެން ޝަގީފް އެވެ.
އެގޮތުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ކުޅުދުއްފުށީ ޔުނިވާސިޓީގައި 40 ކޯހަކާއި މާލޭގައި ފެށޭ ކޯސްތަކުގެ މައުލޫމާތު މި ފަހި ދުވަހުގެ ޕްރޮގުރަމުން ލިބިގެން ދާނެ އެވެ.
ކުޅުދުއްފުށީ ކެމްޕަހުގެ ފަހި ދުވަސްގެ ތެރެއިން–ފޮޓޯ: ނާސިދު
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކައުންސިލުގެ ރައީސް ޝަގީފް ދެއްކެވި ވާހަކަފުޅުގައި މިފަދަ ދުވަހެއް އިފްތިތާހު ކުރެވިގެން ދާއިރުގައި އަތޮޅު ތެރޭ ރައްޔިތުންނާއި ކުޅުދުއްފުށީގެ ރައްޔިތުން މިފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިއްފުމަށް އެދިލެއްވި އެވެ.
މިފަދަ މައުލޫމާތު ދިނުމުގެ ސެޝަންތަަށް އަތޮޅު ކައުންސިލާ ގުޅިގެން އަތޮޅުގެ އެކި ރަށްރަށުގައިވެސް ކުރިޔަށް ގެންދިޔުމަށް ޝަގީފް ވަނީ ކެމްޕަހުގެ އިސްވެރިނަށް އެދިލައްވާފައި އެވެ.
ކުޅުދުއްފުށީ ކެމްޕަހުގެ ފަހިދުވަހުސްގެ ތެރެއިން–ފޮޓޯ: ނާސިދު
އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ގައުމީ ޔުނިވަސިޓީން ވަނީ ހުޅުވާލައިފަ އެވެ.
އަންނަ އަހަރު ކުޅުުދުއްފުށީ ކެމްޕަހުގައި 9 ފެކަލްޓީއަކުން 40 ކޯސް ފެށުމަށް ހަމަޖެހިފައިވާއިރު އަލަށް ފަށާ އެކައުންޓިން އަދި ބިޒްނަސްގެ ކޯހެއް ހިމެނެ އެވެ.
ކުޅުދުއްފުށީ ކެމްޕަހުގެ ފަހި ދުވަސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:00 އިން 18:00 ށް އަދި ރޭގަނޑު 20:30 އިން 22:30 އަށެވެ. މީގެ އިތުރުން ޑޯ ޓު ޑޯ މައުލޫމާތު ދިނުމުގެ ހަރަކާތެއްވެސް މާދަމާ ހެނދުނު 8 ން ފެށިގެން ކުރިއަށްދާނެ އެވެ.
ކުޅުދުއްފުށީ ކެމްޕަހުގެ ފަހިދުވަސްގެ ތެރެއިން–ފޮޓޯ: ނާސިދު
ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށި ކެމްޕަހުން ދަނީ މިއަހަރު މުޅިން އަލަށް މާސްޓާރޒް އޮފް އެޑިއުކޭޝަން އާއި އެކައުންޓިން ލެވެލް 2 ގެ ޕްރޮގުރާމެއް ފަށާ ކުރިޔަށް ގެންދަމުންނެވެ.