twitterviber whatsapp telegramfacebookyoutube instagram
12th April 2026

އުމުރުން ދުވަސް ވީ މީހުންނަށް ހެޔޮކޮށްހިތުމަކީ އެންމެންގެ ވެސް ފަރުދީ ޒިންމާއަކަށް ހަދަން ޖެހޭ: ޝަގީޕް

Oct 10, 2015

އުމުރުން ދުވަސް މީހުންނަށް އޯގާތެރިވެ ހިތްހެޔޮކަމާއި އެކު މުއާމަލާތް ކުރުމަކީ ކޮންމެ ބޭފުޅެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމުގައި ދެކުމަށް ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ޝަޤީފް ގޮވާލައިފި އެވެ.

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އިއްޔެ ކުޅުދުއްފުށީގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގުރާމް ޝަރަފްވެރިކޮށްދެއްވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ޝަގީފް ވިދާޅުވީ މިއަދުގެ ޒުވާނުން އުމުރުން ދުވަސް މީހުންނަށް އަޅައި ނުލައި ދޫކޮށްލައިފި ނަމަ މާދަމާ އެމީހުންނަށް އަޅައިލައި އޯގާތެރިކަމެއް ނުހިތާނެ ކަމަށެވެ.

“އަޅުގަނޑުމެން މިއަދު ދެއްކި ނަމޫނާ އަކުން މާދަމާ އަޅުގަނޑުމެން އުމުރުން ދުވަސްވާ ދުވަހު އެކުދިން އަޅުގަނޑުމެންނަށް އަޅާލާނީ އެހުންނޫންނަމަ އަޅުގަނޑުމެންނަކަށް އަބުރުވެރި ދިރިއުޅުމެއް ނޫޅެވޭނެ ” ޝަޤީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ކަމުން މިއަދުގެ ކުޑަކުދިންނާއި މިއަދުގެ ޒުވާނުން އުމުރުން ދުވަސްވީ މީހުންނަށް އަޅާނުލާ ދޫކޮށްލައިފިނަމަ މާދަމާގެ ޒުވާނުންނާއި ކުޑަކުދިން އަޅާލައި އޯގާތެރިކަމެއް ނުހިތަފާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355