twitterviber whatsapp telegramfacebookyoutube instagram
1st June 2026

ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާ ވެއްޖެ

Oct 10, 2015

ކުޅުދުއްފުށީގައި ކާރަކާއި ސައިކަލެއް ޖެހި ހިންގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެއްޖެ އެވެ.

މިއަދު މެންދުރު 11:30 ހާއިރު ހިނގި މިއެކްސިޑެންޓްގައި ޖެހިފައިވަނީ ކުޅުދުއްފުށީ ހިއްކި ސަރަހައްދުން އުތުރު ބަންދަރަށް ދުއްވާފައިދިޔަ ގްރީން ޓެކްސީގެ ކާރެއްގައި ސައިކަލެއް ޖެހިގެންނެވެ.

އެވަގުތު އެތަނުގައި ހުރި މީހަކު މީނުހަށް ބުނީ އެކްސިޑެންޓްވީ ކާރުގެ ކުރިމަތިން ސައިކަލް ހުރަސް ކުރުމުގެ ތެރޭގައި ،ސައިކަލް ކޮންޓްރޯލް ނުކުރެވި ގޮސް މުޑިއަރާގެން ކަމަށެވެ.

އެކްސިޑެންޓްވީ ކާރު–ފޮޓޯ: ބަދީއު

އަނިޔާވީ ސައިކަލް ގައި ތިބި 2 މީހުންނަށެވެ. އެމީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

އެކްސިޑެންޓްގައި ކާރުގެ ވިންޑްސްކުރީން ތަޅާގެން ދިއުމުގެ އިތުރުން އިތުރުން ގެއްލުން ވަނީ ވެފަ އެވެ.

ކާރު ދުއްވީ ކުޅުދުއްފުށީ ނިކަގަސްދޮށުގެ، އަބްދުލްޙަމީދު ޢަލީ (41އ) އެވެ. އަދި ސައިކަލް ދުއްވީ ކުޅުދުއްފުށީ އިމްތިޔާޒް، އަޙްމަދު މުޙައްމަދު (24އ) އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355