twitterviber whatsapp telegramfacebookyoutube instagram
12th April 2026

ކުއްތާ ބޭނުންކޮށްގެން އޮޕަރޭޝަނުް ހިންގާނެ ގޮތް އުތުރުގެ ފުލުހުންނަށް ދީފި

Oct 11, 2015

މަސްތުވާ ތަކެތި ހޯދައިގަތުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތައް ކުއްތާ ބޭނުންކޮށްގެން ކުރިޔަށް ގެންދާނެ ގޮތުގެ ތަމްރީނު އަޕްރ ނޯތު ޕޮލިސް ގައި މަސައްކަތްކުރާ ފުލުހުންނަށް ދީފިއެވެ.

ކުޅުދުއްފުށީގައި މިއަދު ފެށި މިތަމްރީނުތަކުގައި، ކުއްތާ ނުވަތަ ފާރަ ބޭނުންކޮށްގެން އެކިއެކި އޮޕަރޭޝަންތައް ހިންގާއިރު ސަމާލުކަން ދޭންޖެހޭނެ ކަންތައްތަކާ ކުއްތާ ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ އުސޫލުތަކުގެ މައުލޫމާތު މިތަމްރީނުތަކުގައި ބައިވެރިވާ ފުލުހުންނަށް ދެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.

އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައި ހިމެނޭ ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގައި މަސައްކަތްކުރާ ބައެއް ފުލުހުންނަށް މިތަމްރީނުތައް ދެނީ ފާރަގެމައިގައި މަސައްކަތްކުރާ ދިވެހި ފުލުހުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ތަމްރީން ޕްރޮގުރާމްގައި 2 ކުއްތާ ބޭނުން ކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355