twitterviber whatsapp telegramfacebookyoutube instagram
18th May 2024

އަންނަ އަހަރު ކުޅުދުއްފުށީގެ ހުރިހާ ޤުރުއާން ކުލާސްތަކަކުން އެއް އަގެއްގައި ފީ ނަގަނީ

Oct 13, 2015

އަންނަ އަހަރު ކުޅުދުއްފުށީގެ ހިންގާ ހުރިހާ ގުރުއާން ކްލާސްތަކެއްގައި އެއް އަގެއްގައި ފީ ނެގުމަށް ނިންމައިފި އެވެ.

ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން އިހްލާސް ގުރުއާން ކުލާހުގެ ހެޑްމާސްޓަރ މޫސާ މާހިރު ވިދާޅުވީ ހުރިހާ ގުރުއާން ކްލާސްތަކެއްގެ ފީ އެއް އަގެއްގައި ނެގުމަށް ހަމަޖެއްސީ ހުރިހާ ކްލާސްތަކެއް ބައިވެރިވެގެން ބޭއްވުނު މަޝްވަރާ ބައްދަލުވުމަކަށް ފަހުކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި 2016 ވަނަ އަހަރުން ފެށިގެން ހުރިހާ ގްރުއާން ކްލާސްތަކަކުން ފީ އެއްގެ ގޮތުގައި ދަރިވަރަކަށް މަހަކު ނަގާނީ 200/- ރުފިޔާ ކަމަށް މާހިރު ވިދާޅުވި އެވެ.އެއަގު ގަ ފީ ނަގަނީ ހަމައެކަނި ސްކޫލުތަކުގެ ދަރިވަރުންނަށެވެ.

މި ބައްދަލު ވުމުގައި ހިލާލުލް ގްރުއާން ކްލާސް، އިހްލާސް ގްރުއާން ކްލާސް، މައިޒަން ގްރުއާން ކްލާސް އަދި އުލޫމުލް ގުރްއާން ކްލާސް ވަނީ ބައިވެރި ކަމަށާއި ކްލާސްތަކުގެ އިތުުރުން ގޭގައި ގްރުއާން ކިޔަވާދެއްްވާ 4 ބޭފުޅަކުވެސް ވަނީ ބައިވެރި ވެފަކަމަށް މާހިރު ވިދާޅުވި އެވެ.

އުލޫމުލް ގުރުއާން ކުލާސް ހިންގެވުމާއި ހަވާލުވެ ހުންނެވި އަކްބަރީ މުހައްމަދު ވިދާޅުވީ ހުރިހާ ކްލާހަކުންވެސް އެއްއަގެއްގައި ފީ ނެގުމަށް ހަމަޖެއްސީ ހުރިހާ ކްލާސްތައް އެއްގޮތަކަށް ހިންގުމަށް މަގުފަހި ކުރުމަށް ކަމަށެވެ. އަދި އޭގެ އިތުރުން ކްލާސްތަކުގެ މެދުގައި މުބާރާތްތައް ބޭއްވުމަށްވެސް ވާހަކަ ދެކެވިފައިވާ ކަމަށް އަކްބަރީ ވިދާޅުވި އެވެ.

މިހާރު ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ހިންގާ ޤުރުއާން ކުލާސްތަކުން ނަގަނީ 150 ރުފިޔާ އާއި 200 ރުފިޔާ ދެމެދުގެ ފީ އެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355