twitterviber whatsapp telegramfacebookyoutube instagram
15th February 2026

ބޯޓެއް ހުސްކުރަން ހޮޅުދޫއަށް ގޮސް ހުރި ކުޅުދުއްފުށީ މީހަކު މަރުވެއްޖެ

Oct 13, 2015

ބޮޑުހިލަ ހިފައިގެން ނ. ހޮޅުދޫއަށް ދިޔަ ބަނޑެއްގެ ކާގޯ ކްލިއަރެންސަށް ގޮސް ހުރި ކުޅުދުއްފުށީ ކަސްޓަމްސްގެ އޮފިޝަލެއް މަރުވެއްޖެއެވެ.

މަރުވެފައިވަނީ ހދ ކުޅުދުއްފުށީ، ވައިފިލާގެ، އަބުދުލް ރަޝީދު އަހުމަދެ(37އ) އެވެ.

ކަސްޓަމް އޮފިޝަލެއް ބުނީ މަރުވެފައިވާ ކަން އެގުނީ ކޮޓަރިން ނުނިކުމެގެން ހަވީރު

ހަތަރެއް ޖަހާ އެހާއިރު ބެލުމުން ކަމަށެވެ.

އޭނާ މަރުވެފައިވާ  އޮއްވައިފެނުނީ އެބޯޓްގެ ކާގޯ ކްލިއަރެންސް ހެދުމަށް އެރަށްދިޔަ އޮފިޝަލުން ތިބުމަށް ހަމަޖެހިފައިވާ ގޭގެ ކޮޓަރިއެއް ތެރޭގައެވެ.

އޭނާ މަރުވެފައ އޮތްކަން އެނގުނީ 4 ޖަހާއިރު ބާޖް ހުސްވަތީ ދެން ކުރިއަށްދާންވީ ގޮތެއް ސާފުކުރުމަށް އެ ބާޖްގެ އޭޖެންޓްކަންކުރާ ފަރާތުން އަބްދުއްރަޝީދަށް ގުޅުމުން ފޯނު ނުނަގައިގެން ބެލުމުންނެވެ.

އޭނާގެ ހަށިގަޑު މިހާރު ކުޅުދުއްފުއްޓަށް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ކަސްޓަމްގެ އޮފިޝަލް މައުލޫމާތުދެ އެވެ.

އަބުދުއް ރަޝީދު ކަސްޓަމްގައި އަދާކުރަމުންދިޔައީ ކަސްޓަމް އޮފިޝަލް ގުރޭޑް 3 ގެ މަގާމެކެވެ. އޭނާ ކަސްޓަމަށް ވަދެފައިވަނީ 2005 ވަނަ އަހަރު އެވެ.

އަބުދުލް ރަޝީދުގެ 8 އަހަރުގެ ދަރިޔަކާއި 3 އަހަރުގެ ދަރިއެއްގެ އިތުރުން 1 އަހަރުގެ ދަރިޔަކު ހުރެ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355