twitterviber whatsapp telegramfacebookyoutube instagram
12th April 2026

އުތުރުގެ މަސްވެރިކަން ދަށް ވެއްޖެ

Oct 14, 2015

ރާއްޖޭގެ އެންމެ އުތުރުގައި ކަނޑުމަހުގެ މަސްވެރިކަން ދަށަށް ގޮސްފި އެވެ.

މަސްވެރިން ބުނީ މިދިޔަ އަހަރުގެ ވެސް މިދުވަސް ވަރާ ދިމާކޮށް މަސް ބޭނޭ މިންވަރު ދަށަށް ގޮސްފައިވާ ކަމަށެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އާއްމުކޮށް ބޭނިފައިވަނީ 100 އާއި 150 ކިލޯއާ ދެމެދުގެ މަސް ކަމަށް މިނޫހަށް މައުލޫމާތު ދިން ހއ ހދ ގެ މަސްވެރިން ބުނެ އެވެ.

މަސް ބޭނޭ މިންވަރު މަދުވެފައިވާއިރު މިދުވަސްވަރު ބޭނޭ މަހުގެ ސައިޒްވެސް އުޅެނީ ކުޑަކޮށްށެވެ.

” ކިރިޔާ ފޫޓެއް ހަމަވާ ވަރުގެ މަސް މިދުވަސްކޮޅު މިބޭނެނީ. އެވްރެޖްކޮށް މަސް ބޭނޭ އަދަދު މަދު. އެކަމަކު މިއަދު ތަންކޮޅެއް ރަގަޅު. މިއަދު ބޭނިން 500 ކިލޯވަރު” ކުޅުދުއްފުށީގެ މަސްވެރިޔަކު ބުންޏެވެ.

މަސްވެރިންކަން ދަށަށް ގޮސްފައިވީ ނަމަވެސް މަހުގެ އަގަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. އާއްމުކޮށް މަސް ކިލޯއެއްގެ އަގު އުޅެނީ 30 ރުފިޔާ އާއި 40 ރުފިޔާ ދެމެދުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355