ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް މާދަމާ ހއ ބާރަށުގައި މާދަމާ ފަށާނެ އެވެ.
ވީއެމްއެމްއޭ ޕްރެޒިޑެންޓްސް ކަޕްގެ ނޯތު ޑިވިޝަން ބާރަށުގައި މާދަމާ ފެށިގެންދާއިރު މި ކަޕްގެ ސައުތު ޑިވިޝަން ވަނީ މިދިޔަ އަންގާރަ ދުވަހު ލ ފޮނަދޫގައި ފަށާފައި އެވެ.
ބާރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ޖުމްލަ 4 ޓީމެއް ވާދަކުރަން ހަމަޖެހިފައިވާ ވެއެވެ. އެއީ މުރައިދޫ ޑެވެލޮޕމެންޓް އެސޯސިއޭޝަން އާއި ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯރޓްސް ކުލަބާއި ބާރަށް ޒުވާނުންގެ ދިރުން އަދި އިހަވަންދޫ، ކުލަބް ޕޯލް ސްޓަރ އެވެ.
އެގޮތުން މާދަމާގެ ފުރަތަމަ މެޗުގައި ވާދަކުރަން ހަމަޖެހިފައިވަނީ މުރައިދޫ ޑެވެލޮޕމެންޓް އެސޯސިއޭޝަން އާއި ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯރޓްސް ކުލަބެވެ.
މީގެ އިތުރުން ލ ފޮނަދޫގައި މިހާރު ކުރިޔަށް ދަނީ ޖުމްލަ 9 ޓީމަކާއި އެކުނގައި އެވެ.
2008 ވަނަ އަހަރުން ފެށިގެން އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ޕްރެޒިޑެންޓް ކަަޕް، އާ އުސޫލެއްގެ ދަށުން މިފަހަރު ގައުމީ މުބާރާތުގެ ކޮލިފައިން މުބާރާތެއްގެ ގޮތުގައި ކުޅުމަށް ވޮލީބޯލް އޮސޯސިއޭޝަނުން ވަނީ ހަމަޖައްސާފައި އެވެ.
އެގޮތުން ގައުމީ އަންހެން މުބާރާތަައް ޖުމްލަ 8 ޓީމެއް ކޮލިފައިވެގެން ދާނެ އެވެ. އެއީ އުތުރާއި ދެކުނުގައި ބޭއްވޭ ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަން 2 ޓީމާއި ރަނަރަޕް 2 ޓީމާއި މާލޭގައި ބޭއްވި ވީއޭއެމް ޕްރެޒިޑެންޓްސް ކަޕުގެ ގަދަ 2 ޓީމު އަދި މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ގަދަ 2 ޓީމެވެ.
މިދިޔަ އަހަރު ޕްރެޒިޑެންޓްސް ކަޕްގެ ނޯތު ޑިވިޝަން ހަނިމާދޫގައި ބޭއްވިގެން ދިޔައިރު އެ މުބާރާތުގެ ޗެމްޕިޔަންކަން ހޯދާފައި ވަނީ އިހަވަންދޫ ޕޯލްސްޓާރ އިންނެވެ.