twitterviber whatsapp telegramfacebookyoutube instagram
15th February 2026

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ އާ ޔުނީފޯމް ތައާރަފްކޮށްފި

Oct 14, 2015

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ރަސްމީ ޔުނީފޯމުގެ ބަދަލުކޮށް އާ ޔުނީފޯމެއް ތައާރަފްކޮށްފި އެވެ. އަންނަ އަހަރުން ފެށިގެން އެސްކޫލުގެ ދަރިވަރުން ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އާ ޔުނީފޯމެވެ.

ގުރޭޑް ހަތަރަކުން ފެށިގެން 7 ހަމައަށް އަންހެން ކުދިންގެ ޔުނީފޯމް ހުންނާނީ ކަޅު ބުރުގާ އާއެކު އަތްދިގު މަޑު ނޫކުލައިގެ މަތިކޮޅަކާއި ކަޅު ފަޓްލޫނެވެ. އަދި ދިގު ކަޅު ޓައީއެއްގެ އިތުރުން ކަޅު ބޫޓެކެވެ. 1، 2 އަދި 3 ގެ އަންހެން ދަރިވަރުންގެ ޔުނީފޯމަކުއެއް ބުރުގާއެއް ނުހިމެނެވެ.

ގުރޭޑް 1 ން ފެށިގެން 7 ގެ ފިރިހެން ކުދިންގެ ޔޫނިފޯމްގައި ހުންނާނީ ކަޅު ފަޓުލޫނާއި މަޑު ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ބޫޓެކެވެ.

އަންނަ އަހަރު އެ ސްކޫލުގެ ޔޫކޭޖީ އާއި އެލްކޭޖީގެ ދަރިވަރުންގެ ޔުނީފޯމެއް ވެސް ތައާރަފްކޮށްފައިވެ އެވެ. ފިރިހެން ކުދިން ޔުނީފޯމްގައި ހިމެނެނީ މަޑު ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅު ސޯޓްބުރިއެކެވެ.

އެސްކޫލުގެ އެލްކޭޖީ އާއި ޔޫކޭޖީ ދަރިވަރުންގެ ޔުނީފޯމް–

އެ އުމުރުފުރާގެ އަންހެން ކުދިންގެ ޔުނީފޯމްގައި ހުންނާނީ އަތްކުރު ގަމީހަކާއި ރޫބައިލީ ކުރު ސްކާޓެކެވެ.

މި ސްކޫލަކީ ގުރޭޑް 1 ން 7 އަށް ކިޔަވައިދޭ ސްކޫލެކެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒު ހުޅުވައިދެއްވީ 1979 ވަނަ އަހަރު އޭރުގެ ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޖް މައުމޫނު އަބުދުލް ޤައްޔޫމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355