ނަރުދަމާގެ މަަސައްކަތް ހުއްޓިފައިވާތީ ހަނިމާދޫ ރައްޔިތުން ނުކުމެ އެރަށު ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާ ކުރަމުން އެބަ ދެއެވެ.
ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުނުފަރާތެއް ކަމަށްވާ މޫސާ އިދްރީސް ވިދާޅުވީ މި މުޒާހަރާ އަކީ ރަށުގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ހުއްޓީފައިވާތީ ކުަރަމުންދާ މުޒާހަރާއެއް ކަމަށެވެ. އަދި މަގު ތަކުގެ މަގު ބައްތިތައް ހަލާކުވެފައި ހުރުމާއި މަގުތަށް ހަލާކު ވެފަ ހުރުމުގެ ސަބަބުންވެސް ގިނަ ރައްޔިތުންތަކެއް ޝަކުވާތައް ވަނީ ލިބިފަ ކަމަށެވެ.
ނަރުދަމާގެ މަސައްކަތް މިހާރު ހުއްޓިފައިވާ އިރު ސިޓީ ހޮޓާ ހުޅުވާނެ ކަމަށް ބުނެފައިވަނީ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ފަހު ކަމަށާއި ނަމަވެސް 2 އަހަރު ވެގެންދިޔަ އިރުވެސް ނަރުދަމާގެ މަސައްކަތް އަލުން ފެށިފައިނުވާ ކަމަށްވެސް މޫސާ ވިދާޅުވި އެވެ.
ހެނދުނު 7:30 ފެށުނު މުޒާހަރާ ކުރިއަށް ދަނީ ހަނިމާދޫ ކައުންސިލް އިދާރާ ކުރިމަތީގައި ކަމަށާއި ވަކި ޖަވާބެއް ލިބެންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށްވެސް މޫސާ ވިދާޅުވި އެވެ.