twitterviber whatsapp telegramfacebookyoutube instagram
13th August 2026

މެންބަރު ލަތީފްގެ 2 ލައްކަ ރުފިޔާގެ ގުރުއާން މުބާރާތުގެ ފައިސާގެ އިނާމް ހަވާލު ކުރުމަށް ގޮވާލައިފި

Oct 15, 2015

ހއ ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްލަތީފް މުހައްމަދު އިންތިޒާމް ކޮށްގެން މިދިޔަ ރޯދަ މަހު ބޭއްވި 2 ލައްކަ ރުފިޔާގެ ގުރުއާން މުބާރާތުގެ ފައިސާގެ އިނާމު ހަވާލުނުކޮށް ލަސްވަމުން ދާތީ އެމްޑީޕީ ދިއްދޫ ދާއިރާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ދާއިރާއިން މިދިޔަ އަންގާރަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ވަނީ މި މުބާރާތުގެ ފައިސާގެ އިނާމު ހަވާލުނުކޮށް މި އޮކްޓޯބަރ މަހު 13 ވަނަ ދުވަހަށް 100 ދުވަސް ހަމަވެފައިވާއިރު ފައިސާގެ އިނާމު ހަވާލު ކުރެވިފައި ނުވާކަމަށާއި އަދި މިއަދުން މިއަދަށް ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ފައިސާގެ އިނާމު ހަވާލުކުރުމަށް މެންބަރު ލަތީފަށް ގޮވާލާފަ އެވެ.

އޭގެ އިތުުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގާނޫނީ މަސްއޫލިއްޔަތަކީ ރައްޔިތުންނަށް ފައިދާ ހުރި ގާނޫނުތަކެއް ހެދުމާއި، ގާނޫނުތަކަށް ޒަމާނާ ގުޅޭ އެކަށީގެންވާ އިސްލާހުތަށް ގެނައުން ކަމަށްވެސް މި ނޫސް ބަޔަނުގައި ވެއެވެ.

އަދި 2014 ވަނަ އަހަރު ދިއްދޫގައި ބޭއްވި 1 ލައްކަ ރުފިޔާގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމު ހަވާލުކޮށް 6 މަސްދުވަހަކަށް ދިގު ދަންމާފައިވާކަމަށާއި އެ ފައިސާ ހަވާލުކޮށްފައިވަނީ ޗެމްޕިއަން ޓީމުން އެ ފައިސާ ހޯދުމަށް ކޯޓަށް މައްސަލަ ހުށައެޅުމަށް ތައްޔާރު ވުމުން ކަމަށްވެސް މި ނޫސް ބަޔާނުގައި ވެއެވެ،

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355