ހަނިމާދޫ ނަރުދަމާގެ މަަސައްކަތް ހުއްޓިފައިވާތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް އެރަށު ރައްޔިތުން ނުކުމެ ކައުންސިލް އިދާރާ ކުރިމަތީގައި ކުރާ މުޒާހަރާ ގުޅިގެން އިތުރު ފުލުހުން އެރަށަށް ގެންގޮސްފި އެވެ.
އެރަށުން ވާހަކަ ދެއްކި ފަރާތަކުން ބުނީ މިއަދު ކައުންސިލް އިދާރާ ބަންދުކޮށްގެން ރައްޔިތުން ކުރަމުންދާ އިހްތިޖާޖާއި ގުޅިގެން މިއަދު މެންދުރު ކުޅުދުއްފުށިން އިތުރު ފުލުހުން އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
އޭނާ ބުނީ އިހްތިޖާޖްގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ. މިހާރު ކައުންސިލް އިދާރާ ކުރިމަތީގައި ތިބީ މަދު ރައްޔިތުން ތަކެއް ކަމަށް އޭނާ ބުންޏެވެ.
:-މުޒާހަރާ ބައިވެރިންގެ ޑިމާންޑްތައް
-ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާތާ ގިނަ ދުވަސްވުން
– މަގު ބައްތިތައް ނުދިއްލި ހުރުން
-މަގުތައް ހަލާކުވެފަ ހުރުން
ހެނދުނު 7:30 ފެށުނު މުޒާހަރާ ކުރިއަށް ދަނީ ހަނިމާދޫ ކައުންސިލް އިދާރާ ކުރިމަތީގައި ކަމަށާއި ވަކި ޖަވާބެއް ލިބެންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެ އެވެ.
އެސަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.