twitterviber whatsapp telegramfacebookyoutube instagram
12th April 2026

ފުލުހުން ގޮސް ހަނިމާދޫ ކައުންސިލް އިދާރާ ހުޅުވައި 2 މީހަކު ހައްޔަރުކޮށްފި

Oct 15, 2015

ހަނިމާދޫ ކައުންސިލް އިދާރާ ފުލުހުން ދާދި ދެންމެއަކު ހުޅުވައި 2 މީހަކު ހައްޔުކޮށްފި އެވެ.

ހަނިމާދޫ ކައުންސިލް އިދާރާ ބަންދުކޮށްގެން އެރަށުގެ ރައްޔިތުން މުޒާހަރާ ކުރަމުންދަނީ ނަރުދަމާގެ މަަސައްކަތް ހުއްޓިފައިވާތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާތީ އެކަމާ ކަންބޮޑުވުންފާޅުކޮށެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ ފުލުހުން ގޮސް ނަސޭހަތްދީ ކައުންސިލް އިދާރާގެ ތެރެއިން މީހުން ނުނިކުތުމުން، ގަދަކަމުން ފުލުހުން ވަދެ ކައުންސިލް އިދާރާ ހުޅުވީ ކަމަށެވެ. އަދި ފުލުހުން ކައުންސިލް އިދާރާއަށް ވަތް ވަގުތު މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއް ކުރިމަތިލުން ތަކެއް ހިންގިކަމަށެވެ.

އޭނާ ބުނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންނަށް “ގަދަކަން ދެއްކި” 2 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދިވެސް ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާގެ ބައިވެރިން ދަނީ އަޑު އުފުލަމުންނެވެ. އަދި މިހާރު 5 ކައުންސިލަރުން އިސްތިއުފާ ދިނުމަށްވެސް ދަނީ ގޮވައިލަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355