twitterviber whatsapp telegramfacebookyoutube instagram
9th May 2024

ހަމަނުޖެހުން ތަކާ ހެދި ކުޅުދުއްފުއްޓާއި ނޮޅިވަރަމް ބައްދަލުކުރި މެޗް ހުއްޓުމަކަށް

Oct 16, 2015

މިނިވަން 50 ފުޓްބޯޅަ މުބާރާތްގައި ކުޅުދުއްފުއްޓާއި ނޮޅިވަރަމާއި ބައްދަލުކުރި މެޗުގައި ދެޓީމްގެ ކުޅުންތެރިން ގައްޔަށް އަތްލައި ހެދުމުން ސަޕޯޓަރުން ދަނޑަށް އެރުމުން މެޗު މެދުކަނޑާލައިފި އެވެ.

.ރެފްރީ މަޝްވަރާ ކުރުމަށް ފަހު އިއުލާން ކުރީ އަނދިރިވުމުގެ ސަބަބުން މެޗް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް ފަހުން މެޗް ހުއްޓާލީ ކަމަށެވެ

ދެން މިމެޗްގައި ކަން ހިނގައި ދިޔަ ގޮތް ބަލާނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީންނެވެ.

މެޗު މެދުކަނޑާލިއިރު ބާކީ އިނީ 4 މިނިޓެވެ. އޭރު 1-0 މެޗް ލީޑްކުރަމުންދަނީ ނޮޅިވަރަމް ޓީމެވެ.

މެޗްގައި ހަމަނުޖެހުން ހިންގުމުން ފުލުހުން ހަރަކާތްތެރިވަނީ–ފޮޓޯ: ވާހިދު

މެޗުގައި ފުރަތަމް ހަމަނުޖެހުން ހިނގީ ކުޅުންތެރީންގެ މެދުގައި އެވެ. ދެޓީމްގެ ކުޅުންތެރިން އަނެއް ޓީމްގެ ކުޅުންތެރިންގެ ގައްޔަށް އައްލައި ކޮށްޕާ ހެދުމުން، ކުޅުދުއްފުށީ ޓީމްގެ ސަޕޯޓަރުން ދަނޑަށް އެރުމުން މެޗް މެދުކަނޑާލީ އެވެ.

އެއަށް ފަހު ސަޕޯޓަރުންގެ މެދުގައި ހޫނުވެ، ނޮޅިވަރަމް އަންހެން ސަޕޯޓަރުން ތިބި ސަހަރައްދަށް ކުޅުދުއްފުށީ ބައެއް ސަޕޯޓަރުން ގޮސް ވަނީ ހަމަނުޖެހުން ހިންގާފަ އެވެ.

މިއަދުގެ މެޗްގެ ދެވަނަ ހާފް ފެށުނު ތަނާހެން ކުނިކޮށިގައި ބަޔަކު އަލިފާން ރޯކޮށްލުމުގެ ސަބަބުން ދުމުގެ އަސަރު ވަރަށް ބޮޑަށް މެޗަށް ކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

މެޗްގައި ހަމަނުޖެހުން ހިންގުމުން ފުލުހުން ހަރަކާތްތެރިވަނީ–ފޮޓޯ: ވާހިދު

މުބާރާތްގެ ދެ ވަނަ މެޗް ކުޅޭނީ އަންނަ ހުކުރު ދުވަހު ނޮޅިވަރަމް ބޯޅަ ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355