twitterviber whatsapp telegramfacebookyoutube instagram
13th August 2026

މޯލްޑިވިއަން އިން ޑޭޝް 8 ގެ އިތުރު މަތިންދަ ބޯޓެއް ގެނެސްފި

Oct 18, 2015

މޯލްޑިވިއަން އެއާލައިންއަށް ޑޭޝް 8 ގެ އިތުރު މަތިންދާ ބޯޓެއް ގެނެސްފި އެވެ.

50 ގޮނޑީގެ ޖާގަ ހިމެނޭ މި މަތިންދާ ބޯޓު މިއަދު 11:10 ގައި ވަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ގައި ޖައްސާފައިއެވެ. އަދި މި ބޯޓަށް އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ވަނީ މަރުހަބާ ކިޔަފައި އެވެ.

އަލަށް ގެނައި ބޯޓު ރާއްޖޭގެ 9 އެއާޕޯރޓްގެ އިތުރުން އިންޑިއާގެ ޓްރިވަންޑްރަމްއަށް އަށްވެސް ދަތުރުކުރުމަށް ހަމަޖެހިފައި ވާކަމަަށް އައލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޝް ވިދާޅުވި އެވެ.

ހާރިޝް އިތުރަށް ވިދާޅުވެފައިވަނީ އިސްލާމިކް ފައިނޭންސް ބޭނުންކޮށްގެން ގެނައި މި ބޯޓު ކުންފުނީގެ ފްލީޓަށް އިތުރުވުމުން ވަރަށް ގިނަ ވަޒީފާގެ ފުރުސަތުތަށް ދިވެހިންނަށް ހުޅުވިގެން ދާނެ ކަަމަށާއި ވޭތުވެދިޔަ 2 އަހަރުތެރޭގައިވެސް 400އަށް ވުރެ ގިނަ ވަޒީފާ އިތުރުކުރެވިފައި ވަނޭ ކަމަށެވެ.

މޯލްޑިވިއަން އިން އަލަށް ގެނެވުނު މި ބޯޓަކީ އެ ކުންފުނީގެ 16 ވަނަ ބޯޓެވެ. އަދި މި ބޯޓަކީ އެ ކުންފުނިން އިސްލާމިކް ފައިނޭންސް ބޭނުންކޮށްގެން ގެނައި ފުރަތަމަ ބޯޓުވެސްމެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355