twitterviber whatsapp telegramfacebookyoutube instagram
12th April 2026

ޕްރީ ސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

Oct 20, 2015

2016 ވަނަ އަހަރު ޕްރީ ސްކޫލްގެ އުމުރު ފުރާއަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު އަފީފުއްދީން އަދި ހދ އޭއީސީ އިން ހުޅުވާލައިފި އެވެ.

އަންނަ އަހަރު އެލް.ކޭ،ޖީ އަދި ޔޫ.ކޭ.ޖީގެ އަފީފުއްދީން އަދި އޭއީސީގައި ކިޔަވާދިނުމަށް ހަމަޖެހިފައިވާތީ ދަރިވަރުންވެއްދުމަށް އެދޭ ފޯމް މި އޮކްޓޯބަރ މަހު 27 ވަނަ ދުވަހުގެ ނިޔަލަށް އެސްކޫލްތަކުގެ އޮފީހުން ލިބެން ހުންނާނެ ކަމަށާއި އަދި ފޯމްތަށް ބަލައިގަތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 12:00 އަށް ކުރިއަށް ދާނެ ކަމަށް އެ ދެސްކޫލުން ނެރުނު އިއުލާނުގައި ވެއެވެ.

އަފީފުއްދީން ސްކޫލަށް ވެއްދުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ މާގާންމަގުގެ ދެކުނު ފަރާތުން ދެކުނުގައި ދިރިއުޅޭ ކުދިންންކަމަށާއި އަދި އޭއީސީ އަށް ވެއްދުމަށް ހަމަޖެހިފައިވަނީ މަގާން މަގުގެ އުތުރު ފަރާތުން ފެށިގެން އުތުރުގައި އުޅޭ ކުދިންކަމަށް އެ އިއުލާނުގައި ވެއެވެ.

އެހެންނަމަވެސް މިހާރު އެސްކޫލްތަކުގައި އެއްވެސް ދަރިޔަކު ކިޔަވަމުންދާނަމަ އެމީހެއްގެ ކުދިންނާއު އެސްކޫލްތަކުގެ މުވައްޒަފުންގެ ދަރިން އެސްކޫލަކަށް ވެއްދޭނެ ކަމަށް މި އިއުލާނުގައި ވެއެވެ.

2016 ވަނަ އަހަރު އެލްކޭޖީ އަށް ވަދެވޭނީ މީލާދީގޮތުން 1 ޖެނުއަރީ 2016 އަށް 4 އަހަރުފުރި 5 އަހަރު ނުފުރޭ ކުދިންނަށެވެ. އަދި ޔޫކޭޖީއަށް ވަދެވޭނީ 1 ޖެނުއަރީ 2016 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ކުދިންނަށެވެ. އެހެންނަމަވެސް ބެލެނިވެރިޔާ އެދި ވަޑައިގަންނަވާ ވަނަ 31 މާރޗް 2016 އަށް 4 އަހަރު ފުރޭ ކުދިންނާ 5 އަހަރު ފުރޭ ކުދިން އުމުރާ ގުޅޭ ގްރޭޑަށް ވަނުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އެ ސްކޫލްތަކުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355