twitterviber whatsapp telegramfacebookyoutube instagram
8th May 2024

އެޑިއުކޭޝަނާއެކު ކުރި މަޝްވަރާގައި އެއްވެސް އަލިމަގެއް ނުފެނުން: އާތިފް

Oct 20, 2015

އެޑިއުކޭޝަން މިނިސްޓަރާއެކު އިއްޔެ ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި އެއްވެސް ކަހަލަ އަލިމަގެއް ނުފެނުނު ކަމަށް ހދ .އަތޮޅު ކައުންސިލްގެ ނައިބް ރައީސް އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ކުޅުުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން އާތިފް ވިދާޅުވީ އިއްޔެ ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދެކެވިފައިވަނީ ޕްރީސްކޫލް ދެ ގްރޭޑް އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުން އެކުދިންނާ ގުޅޭ މާހައުލެއް ގާއިމް ނުކުރެވި ސަރުކާރުގެ ސްކޫލްތަކަށް ބަދަލުކުރުމުން ދިމާވެދާނެ މައްސަލަތަކާއި އަދި އޭއީސީ ގެ ކުރީގެ ހޯލު މަރާމާތުކޮށް 4 ކްލާސް ރޫމް އެޅުމުގެ މަސަކަތްތާއި ބެހޭގޮތުން ކަމަށެވެ.

މިމައްސަލަތަކަށް ހައްލެއް ހޯދުމަށް އިއްޔެ މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރެއްވީ ހދ .އަތޮޅު ކައުންސިލްގެ ނައިބް އަހުމަދު އާތިފާއި އެކައުންސިލްގެ މެމްބަރު އުއްމުކުލްސޫމާ އިބުރާހިމާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދުގެ އިތުރުން ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމަދު އަބުދުﷲ އެވެ.

އެގޮތުން އަފީފުއްދީން އަދި އޭއީސީގައި ޕްރީސްކޫލް ދަރިވަރުންނާއި ގުޅޭ މާހައުލެއް ގާއިމް ކުރެވެއްދެން އިރުމަތި އަވަށު ޕްރީ ސްކޫލްގައި ކިޔަވާދޭ ގޮތަށް ހިޔާލު ހުށައެޅުނު ކަމަށާއި އެހެންނަމަވެސް އެޑިއުކޭޝަނުން ނިންމާފައިވަނީ ކުރިން ހަމަޖެހިފައި އޮތްގޮތަށް 2016 ވަނަ އަހަރު އެދެ ސްކޫލަށް އެލްކޭޖީ އަދި ޔޫކޭޖީ ގެ ދަރިވަރުން ބަދަލު ކުރުމަށް ކަމަށް އާތިފް ވިދާޅުވި އެވެ.

އޭއީސީގެ ކުރީގެ ހޯލް އިމާރާތުގައި 4 ކްލާސް ރޫމް އެޅުމުގެ މަސައްކަތުގެ ބަޖެޓެއްގެ ގޮތުގައި ގާތްގަނޑަކަށް 7 ލައްކަ ރުފިޔާގެ ބަޖެޓެއް ހަމަޖެހިފައިވާ ކަމަށާއި އަދި އެމަސައްކަތް މިހާރު ވަނީ ބަޔަކާއި ހަވާލްކޮށްފައި ކަމަށްވެސް އާތިފް ވިދާޅުވި އެވެ.

އެހެންނަމަވެސް އެ އިމާރަތަކީ ބާ އިމާރާތަކަށް ވާތީ އަންނަ އަހަރު އެސްކޫލްގައި އިމާރާތް ކުރުމަަށް ޕީއެސްޕީ ގޮތުގައި ބަޖެޓް ހިމަނާފައިވާ 3 ބުރީގެ އިމާރާތް، 4 ކްލާސް ރޫމްގެ ބަދަލުގައި އެޅުމަށް ދެއްވި ހިޔާލުވެސް އެޑިއެކޭޝާނުން ބަލައިގަނެފައި ނުވާ ކަމަށް އާތިފް ވިދާޅުވި އެވެ. އެހެން ނަމަވެސް އަންނަ އަހަރު އެސްކޫލްގެ ބަޖެޓުގައި މި އިމާރަތް މުޅިން ހަމަނުޖެހޭކަން ވެސް އާތިފް ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން އާތިފް ވިދާޅުވީ އަންނަ އަހަރު ޕީއެސްޕީގައި ހިމަނައިގެން އަންނަ އަހަރު އަޅަން ނިންމާފައިވާ 3 ބުރީގެ އާ އިމާރާތް  މިހާރު އޭއީސީގައި ހުރި 3 ބުރީގެ އިމާރާތާ ގުޅުވައިގެން ހަދަން މިނިސްޓްރީއަށް ހިޔާލް ހުށަހަޅާފައިވާނޭ ކަމަށް އާތިފް ވިދާޅުވި އެވެ.

އަދި ކުރީގެ ހޯލްގެ އިމާރާތަކީ ފުދޭވަރަކަށް ދުވަސްވެފައިވާ އިމާރާތަކަށް ވެފައި އަންނަ އަހަރު އިތުރު އިމާރާތެއް ބަޖެޓް ކުރެވިފައި ވަނިކޮށް އެތަން މަރާމާތު ކުރުމަށް 7 ލައްކަރުފިޔާ ހަރަދު ކުރުމަށްވުރެ އެސްކޫލްގެ މިހާރު ކުރުމަށް ހުރި މަރާމާތްތަކަށް އެފައިސާ ބޭނުން ކުރުމުން ސްކޫލަށް މިވަގުތު ލިބޭނެ ފައިދާ ބޮޑުވާނެ ކަމަށް އާތިފް ވިދާޅުވި އެވެ.

އެހެންނަމަވެސް އެޑިއުކޭޝަނުން އެބޭފުޅުންގެ ހިޔާލުތަށް ބަލައި ގަނެފައި ނުވާކަމަށް އާތިފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355