twitterviber whatsapp telegramfacebookyoutube instagram
12th April 2026

ރާއްޖޭގެ އާބާދީ އެންމެ ބޮޑު ފަސް އަތޮޅުގެތެރޭގައި ހއ އަދި ހދ ހިމެނިއްޖެ

Oct 20, 2015

ރާއްޖޭގެ އެންމެ އާބާދީ ބޮޑު ފަސްއަތޮޅުގެ ތެރޭގައި ހއ އަދި ހދ ހިމެނިއްޖެ އެވެ. އޭގެ އިތުރުން އާބާދީ ބޮޑު އަތޮޅު ތަކުގައި ހިމެނެނީ ރ، ކ އަދި ސ އަތޮޅެވެ.

ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި ދިރިއުޅޭ އާބާދީއަކީ 402،071 އެވެ. އަދި ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީއަކީ 341،256 އެވެ.

އަދި އޭގެތެރެއިން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީގެ 63،637 އެވެ. އަދި ބިދޭސީންގެ ތެރެއިން 7،850 މީހުންނަކީ އަންހެނުންނެވެ.

ބޯހިމެނުމުގެ ތަފާސްހިސާބުތަކުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ ޖުމްލަ އާބާދީއަކީ 344،023 ކަމަށެވެ. އޭގެތެރެއިން ރާއްޖޭގެ އާބާދީގައި 166،472 އަންހެނުން ހިމެނޭއިރު ފިރިހެނުންގެ އަދަދަކީ 171،962 އެވެ.

އެގޮތުން ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އާބާދީގައި ކޮންމެ 100 އަންހެނަކަށް، 103 ފިރިހެނުން ޖެހެ އެވެ.

މާލޭގައި ދިރިއުޅޭ މީހުންގެ ޖުމްލަ އާބާދީއަކީ 153،904 އެވެ. އޭގެތެރެއިން ދިވެހިންގެ އާބާދީއަކީ 129،381 އެވެ.

ބޯހިމެނެނުމުގެ މަސައްކަތް އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ 2014 އަދި 2006 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355