twitterviber whatsapp telegramfacebookyoutube instagram
12th September 2025

މިނިވަން 50 ޗެމްޕިޔަންޝިޕްގެ މެޗުތައް ފަސްކޮށްފި

Oct 20, 2015

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތުގެ މެޗުތައް ފަސްކޮށްފިކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

އެފްއެއެމް އިން މިއަދު ނެރުނު ސާރކިއުލާއެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަނުގެ އިލެކްޝަނުގެ ކަންތައްތަކަށް ވަކި ގޮތެއް ނިންމެންދެން މިނިވަން 50 ގެ މެޗުތައް ފަސްކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މުބާރާތް އަލުން ފަށާނެ ތާރީހެއް އިލެކްޝަންއަށްފަހު އަންގާނެ ވާހަކަވެސް އެފްއޭއެމް އިން ބުންޏެވެ.

ހދ އަތޮޅު މިމުބާރާތުގައި ބައިވެރިވެފައިވަނީ ކުޅުދުއްފުއްޓާއި ނޮޅިވަރަމެވެ.

މި މުބާރާތުގެ މެޗުތައް ފަސްކޮށްފައި މިވަނީ ކުޅުދުއްފުއްޓާއި ނޮޅިވަރަމް ބައްދަލު ކުރާ ދެވަނަ މެޗު އަންނަ ހުކުރު ދުވަހު ނޮޅިވަރަމްގައި ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355