ކުޅުދުއްފުށީ އަމީރު އަމީން ސްކޫލުން އިންތިޒާމްކޮށްގެން މާދަމާ ކައުންސިލް އިދާރާ ކުރިމަތީގައި ބާއްވަން ހަމަޖެއްސި އެއްވުން ފަސްކޮށްފި އެވެ.
މިކަމުގައި އިސްކޮށް އުޅޭ ފަރާތެއް ބުނީ މާދަމާ ކުރަން ހަމަޖެއްސި އެއްވުން ފަސްކުރީ އިރުމަތި އަވަށު ޕްރީ ސްކޫލާއި ޕީޓީއޭގެ އެދުމުގެ މަތިން، އެސްކޫލުގެ ބެލެނިވެރިން އެންމެ ފުރިހަމައަށް އެއްވުމުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.
އިހްތިޖާޖް ކުރަން ނިންމީ ސަރުކާރުގެ ސްކޫލުތަކުގައި އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުންގެ އުމުރާއި އެކަށީންގެންވާ ސެޓަޕެއް ނެތި އެކުދިން އެސްކޫލުތަކަށް ބަދަލުކުރާތީ އެވެ.
އަދި އައްޑޫގެ ސްކޫލުތައް ސަރުކާރުގެ ދަށަށް ނުގެނެސް ކުރިންވެސް އޮތްގޮތަށް ކުރިއަށްގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީ ނިންމުމާ ގުޅިގެންވެސް މެ އެވެ.
މިކަމަށް ހައްލެ ހޯދުމަށް އިއްޔެ ކުޅުދުއްފުށީގެ ކައުންސިލަރުން ވަނީ އެޑިއުކޭޝަން މިނިސްޓަރ ވެސް ބައްދަލުކޮށްފަ އެވެ.