twitterviber whatsapp telegramfacebookyoutube instagram
8th May 2024

އިނގިރޭސިވިލާތުގެ ޔޫ.ޑަބްލިއު.އީ ޔުނިވާސިޓީގެ އެމް.ބީ.އޭ އަންނަ އަހަރު ވިލާ ކޮލެޖުގައި ފަށަނީ

Oct 21, 2015

އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް (ޔޫ.ޑަބްލިއު.އީ) ގެ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ކޯސް އަންނަ އަހަރުގެ ޖެނުއަރީ މަހު ވިލާ ކޮލެޖުގައި ފެށުމަށް ހަމަޖެހިއްޖެ އެވެ.

ވިލާ ކޮލެޖުގައި އަންނަ އަހަރު މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވާ މި ކޯހަކީ 1 އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށާއި ކޯހުގައި ބައިވެރިވުމަށް ފޯމު ހުށެއެޅުމުގެ ފުރުސަތު 13 ޑިސެމްބަރުގެ ނިޔަލަށް ހުޅުވާލެވިފައި ވާނޭ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

މީގެ އިތުރުން މި އެ ކޮލެޖުންވަނީ އަންނަ އަހަރު ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ 60 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ހުޅުވައިލައިފަ އެވެ.

މި 60 ކޯހަކީ ޖުމްލަ 9 ދާއިރާ އަކުން ހުޅުވާލެވިފައިވާ ކޯސްތަކެކެވެ. އެއީ އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ އެން ލޯ، ހިއުމަން ރިސޯސަސް، އެކައުންޓިންގ އަދި މެރިން ސްޓަޑީސް އިންނެވެ.

ޖެނުއަރީ ސެމިސްޓަރގެ މި ކޯސްތަކަށް މަދުވެގެން 1000 ދަރިވަރުންނަށް ޖާގަ ދެވިގެންދާނެކަމަށް އެެ ކޮލެޖުން ބުންޏެވެ.

މީގެ އިތުރުން ރާއްޖެތެރޭގައި ހުންނަ ވިލާގެ އެކި ކެމްޕަސް ތަކުގަޔާއި ލާރނިން ސެންޓަރު ތަކުގައި ވެސް ޖެނުއަރީ މަހު ތަފާތު ކޯސްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮލެޖުން ބުނެއެވެ. އެގޮތުން ވިލާ ކޮލެޖު އޭދަފުށީ ކެމްޕަސް، ވިލާ ކޮލެޖު ނައިފަރު ކެމްޕަސް، ވިލާ ކޮލެޖު އައްޑޫ ކެމްޕަސް، ށ.ފުނަދޫގެ ވިލާ ކޮލެޖު ލޭކް ސައިޑް ކެމްޕަސް އަދި ވިލާ ކޮލެޖު މަހިބަދޫ ކެމްޕަސް އޭގެތެރޭގައި ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355