ބޭންކް އޮފް މޯލްޑިވްސްގެ މިއަހަރުގެ 3 ވަނަ ކުއާޓާރުގެ މާލީ ހިސާބުތައް މިއަދު ހަމަކޮށްފި އެވެ.
މާލީ ހިސާބުތައް ދައްކާގޮތުގައު މިދިޔަ ކުއާޓަރާއި އަޅާބަލާއިރު 3 ވަނަ ކުއަޓާރގެ ފައިދާ 38% އިތުރުވެފައިވާ ކަމަށާއި ދިވެހިންނަށް ވިޔަފާރި ލޯނުގެ ގޮތުގައި ދޫކުރެވުނު އަދަދު މިދިޔަ އަހަރަށް ވުރެ 115% މަތިކަމަށްވެސް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
ބީއެމްއެލްގެ މާލީ ހިސާބުތައް މިއަދު ހާމަކޮށްފައިވާއިރު މި އަހަރުގެ 3 ވަނަ ކުއާޓާގެ ސާފު ފައިދާ ޓެކްސް އަށް ކެނޑުމަށްފަހު 159 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން ދިބެހިންނަށާއި ވިޔަފާރި ވެރިންނަށް މިއަހަރު މިހާތަނަށް ދޫކުރެވިފައިވާ ލޯނުގެ އަދަދު ވަނީ 2.2 ބިލިއަން ރުފިޔާއަށް އަރާފަކަމަށާއި އަދި އެއީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނަ ބޮޑު އަަދަދެއް ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
މިދިޔަ އަހަރާއި އަޅާބަލާއިރު 38 އިންސައްތައިގެ ކުރިއެރުމެއް ކުރިއެރުމެއް ހާސިލް ކުރެވިފައި މިވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކުގެ ހިދުމަތް ދިނުމަށާއި ސެލްފް ސާރވިސް ބޭންކިންގެ އިތުރަށް ފުޅާކުރުމަށާއި ބްރާންޗްތައް އިތުރަށް ތަރައްގީ ކުރުމަށްޓަކައި މި ކުއާޓަރުގައި ވަރަށް ބޮޑަށް އިންވެސްޓްކުރަމުން ދިއުމާވެސް އެކުކަމަށާއި އެގޮތުން މީހުން ދިރިއުޅޭ 140 ވަނަ ރަށަށް ފައިސާ ނެގުމުގެ ހިދުމަތް ތައާރަފް ކުރެވި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަޕޯރޓްގައި 8 ވަނަ ސެލްފް ސަރވިސް ބޭންކިން ޔުނިޓް ތައާރަފް ކުރެވިފައިވާ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
އަދި މިއަހަރު ވަނީ ރާއްޖޭގެ ފުރަތަމަ މޮބައިލް ބޭންކިން އެޕް ވެސް ތައާރަފްކުރެވި މިހާތަނަށް މިއެފް އިން 30،000 އަށް ވުރެ ގިނަ ޑައުންލޯޑް ކޮށްފައި ވާކަމަށްވެސް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.