twitterviber whatsapp telegramfacebookyoutube instagram
17th May 2025

ޕްރީ ސްކޫލުތަކުން ބާއްވަން އުޅުނު “އެއްވުން” ކައުންސިލުން ހުއްޓުވައިފި

Oct 22, 2015

އެކަށީގެންވާ މާހައުލެއް ގާއިމް ނުކުރެވި އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުން ސަރުކާރުގެ ސްކޫލުތަކަށް ބަދަލުކުރުމާ ދެކޮޅަށް، ކުޅުދުއްފުށީގެ ޕްރީ ސްކޫލުތަކުން އިންތިޒާމްކޮށްގެން ބާއްވަން އުޅުނު “އެއްވުން” ކައުންސިލުން “ހުއްޓުވައިފި”އެވެ.

އެގޮތުން ކައުންސިލުން ވަނީ އަމީރު އަމީން ސްކޫލުގެ ހެޑް ޓީޗަރާއި އައިޕީއެސް ސްކޫލުގެ ހެޑް ޓީޗަރު ކައުންސިލަށް ހާޒިރުކޮށް، އިހްތިޖާޖްގައި ސްކޫލުގެ އިސްވެރިން ބައިވެރިނުވުމަށާއި ސްކޫލުތަކުން އެކަން އިންތިޒާމް ނުކުރުމަށް އަންގައިފަ އެވެ.

އަދި އެގޮތަށް އަމަލު ނުކޮށްފި ނަމަ އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ކައުންސިލުން އެފަރާތްތަކަށް ދީފައިވާ ކަމަށް “ކުޅުދުއްފުށި އޮންލައިނަށް” ވަނީ އެގިފަ އެވެ.

މިނޫހަށް އެގިފައިވާ ގޮތުގައި ކައުންސިލުން މިގޮތަށް އަމަލުކޮށްފައިވަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ އެކަން އެގުމުންނެވެ.

އެހެން ކަމުން މިހާރު ކުރިން ބާއްވަން ހަމަޖެއްސި އުއްވުން ވަނީ ނުބާއްވާ ގޮތަށް ހަމަޖައްސާފަ އެވެ.

މިކަމާ ގުޅިގެން ކައުންސިލްގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުފެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355