twitterviber whatsapp telegramfacebookyoutube instagram
29th March 2024

“މޯލްޑިވިއަން އައިޑޮލް”ގެ ކުޅުދުއްފުށި އޮޑިޝަން ފަސްކޮށްފި

Oct 24, 2015

މޯލްޑިވިއަން އައިޑޮލްގެ ކުޅުދުއްފުށި އޮޑިޝަން ފަސްކޮށްފިކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބުނެފިއެވެ.

އެގޮތުން ކުލުދުއްފުށީގައި މިމަހު 24 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަން ދެން އޮންނާނީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ކަމަށް ޕީއެސްއެމް އިން ބުންޏެވެ.

މީގެ އިތުރުން މާލެ ސިޓީގެ އޮޑިޝަންވެސް ފަސްކުރެވިފައި ވާ ކަމަށްވެސް ޕީއެސްއެމް އިން ބުންޏެވެ. އެގޮތުން މާލެ ސިޓީގެ އޮޑިޝަންތަށް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

މޯލްޑިވިއަން އައިޑޮލްގެ ކުޅުދުއްފުށި އަދި މާލެ ސިޓީ އޮޑިޝަން ފަސްކުރަން ދިމާވީ އޮޑިޝަންގެ ޖަޖުންގެ ޕެނަލްގައި ހިމެނޭ ބޭފުޅަކު ތުރުކީގައި އޮންނަ ބައިނަލް އަޤްވާމީ ފެންވަރުގެ ޝޯ އެއްގައި ބައިވެރިވުމަށް ފުރަން ޖެހުމުންކަމަށް ޕީ.އެސް.އެމުން ހާމަކުރެއެވެ.

މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ކުރިއަށްދާނީ 3 ރައުންޑަކަށް ބަހާލައިގެންނެވެ. އެއީ އޯޕަން އޮޑިޝަން ރައުންޑަކާއި ތިއޭޓަރ އަދި ޕިއާނޯ ރައުންޑުވެ. އައިޑަލް ފެށުމަށް ބާއްވާ ގްރޭންޑް އިވެންޓް ނުވަތަ “ގާލާ ޝޯވ”އަށް ދަތުރުކުރާ ބައިވެރިން ކަނޑައަޅާނީ ޕިއާނޯ ރައުންޑުންނެވެ.

ފްރެންޗައިޒް އުސޫލުން ބޭއްވޭ މި ޝޯވގެ އައްޑޫ ސިޓީ ހިތަދޫ ގެ އޮޑިޝަން މިމަހު 10 ވަނަ ދުވަހު ބާއްވާފައިވާއިރު ވިލިނގިލި އޮޑިޝަން ވަނީ މިމަހު 17 ވަނަ ދުވަހު ބާއްވާފައި އެވެ. އަދި ނައިފަރު އޮޑިޝަން މިމަހު 31 ވަނަ ދުވަހުގައި ބޭއްވުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355