twitterviber whatsapp telegramfacebookyoutube instagram
13th August 2026

ހދ ގެ 3 ރަށެއްގައި ޕްރޮފެސަރު މުންތާރު އިލްހާމްގެ ދަރުސްތަކެއް

Oct 26, 2015

އިނގިރޭސިވިލާތުގެ އިލްމުވެރިއެއް ކަމަށްވާ ޕްރޮފެސަރު މުންތާރު އިލްހާމްގެ ދަރުސްތަކެއް ހދ. އަތޮޅުގައި ފަށައިފި އެވެ.

އެގޮތުން މިދަރުސް ދިނުމަށް ހަމަޖެހިފައިވަނީ ހދ އަތޮޅުގެ 3 ރަށެއްގަ އެވެ. އެއީ ކުޅުދުއްފުއްޓާއި ހަނިމާދޫ އާއި ވައިކަރަދޫގަ އެވެ.

ކުޅުދުއްފުށީގެ ސްކޫލުތަކުގެ ދަރިވަރުންނަށް ދަރުސް ދެއްވާފައިވަނީ ރޭގަ އެވެ. މިރޭ ވައިކަރަދޫގައި ސްކޫލުގެ ދަރިވަރުންނަށް ދަރުސް ބާއްވަން ހަމަޖެހިފައިވާއިރު ހަނިމަދޫގައި ދަރުސް ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ރެ އެވެ.

މިދަރުހަކީ ޖަމިއްޔަތުއް ރަޙުމާ ނަމަކަށް ކިޔާ ޖަމިއްޔާއަކާއި މޯލްޑިވިއަން ޔޫތު ލީގް ނަމަކަށް ކިޔާ ޖަމިއްޔާއަކާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

ހދ އަތޮޅުގައި މިޕުރޮގުރާމް ކުރިއަށްގެންދަނީ ހދ އަތޮޅު ކައުންސިލްގެ 3 މެމްބަރު އަމިއްލަގޮތުން ނެވެ. އެއީ ވައިކަރަދޫ ދާއިރާގެ މެމްބަރު ސަޤީފާއި ކުޅުދުއްފުށީ ދާއިރާގެ މެމްބަރު އާތިފްގެ އަދި ހަނިމާދޫގެ ދާއިރާގެ މެމްބަރު ނާސިރެވެ.

ކުޅުދުއްފުށީ ސްކޫލުތަކުގެ ދަރިވަރުންނަށް ބޭއްވި ދަރުހުގެ އިތުރު ޕޮޓޯތައް:

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355