twitterviber whatsapp telegramfacebookyoutube instagram
1st June 2026

ޕްރީ ސްކޫލު ގުރޭޑަށް ވަނުމަށް 400 އަށްވުރެ ގިނަ ދަރިވަރުން ފޯމު ހުށަހަޅައިފި

Oct 26, 2015

އެލްކޭޖީ އާއި ޔޫކޭޖީއަށް ވަނުމަށް ހުޅުވާލި ފުރުސަތުގައި ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ 2 ސްކޫލަށް މިހާތަނަށް 404 ދަރިވަރުން ފޯމް ހުށަހަޅާފި އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒަށް 285 ދަރިވަރުން ފޯމް ހުށަހަޅަފައިވާއިރު އަފީފުއްދީން ސްކޫލަށް ފޯމް ހުށަހަޅާފައިވަނީ 119 ދަރިވަރުންނެވެ.

އެލްކޭޖީ އާއި ޔޫކޭޖީއަށް ހުޅުވާލި ފުރުސަތުގައި މާދަމާއަށް މުއްދަތު ހަމަވާނެ އެވެ. ހދ އަތޮޅު ތައުލީމީ މަރުކަޒަށް ވަދެވޭނީ މަގާންމަގު އުތުރުގައި ދިރިއުޅޭ ކުދިންނަށެވެ. އަފީފުއްދީން ސްކޫލަށް ވަދެވޭނީ އެމަގުގެ ދެކުނުގައި ދިރިއުޅޭ ފަރާތްތަކަށެވެ.

ރަށުން ބޭރު ކުދިންނަށް ވެސް ހަމަޖެހިފައިވަނީ ހަމަ އެ އުސޭލެވެ.

އަންނަ އަހަރު ސަރުކަރުން ނިންމަވާފައިވަނީ އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުން ސަރުކަރުގެ ސްކޫލުތަކަށް ބަދަލުކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355