twitterviber whatsapp telegramfacebookyoutube instagram
12th April 2026

މާލެ އޮޕްޓިކަލް ކޮމްޕެނީގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

Oct 27, 2015

މާލެ އޮޕްޓިކަލް ކޮމްޕެނީގެ 34 ވަނަ އަހަރީ ދުވަހާ ގުޅުވާލައިގެން އެކުންފުނިން 15 ޕަސެންޓްގެ ޑިސްކައުންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ހުޅުވާލައިފި އެވެ.

އެގޮތުން އެ ކުންފުނިން މާލޭގައި ހިންގާ 2 ފިހާރައިގެ އިތުރުން ހދ ކުޅުދުއްފުއްޓާއި ގދ ތިނަދޫގެ މާލެ އޮޕްޓިކަލް ފިހާރަގައިވެސް މި ޕްރޮމޯޝަން ކުރިޔަށްދާނެކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެއް މަސްދުވަހުގެ މުއްދަތަކަށް ކުރިޔަށްދާނެ މި ޕްރޮމޯޝަންގައި ހުރިހާ އައިޓަމްތަކަކުން 15 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

މީގެ އިތުރުން މި ޕްްރޮމޯޝަނުގައި މާލެއިން ހިލޭ ލޯ ޗެކްކޮށް ނަންބަރު ހެއްދޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނާގޮތުގައި މި ޕްރޮމޯޝަނުގެ މަގުސަދަކީ އެ ކުންފުނީގެ ޒަމާންވީ ކަސްޓަމަރުންނާއި އަލަށް ގުޅިވަޑައިގަންނަވާ ކަސްޓަމަރުން އަހަރީ ދުވަހުގެ އުފަލުގައި ބައިވެރި ކުރުމެވެ.

މީގެ އިތުރުން ކުރިޔަށް އޮތް އެކުންފުނީގެ 35 ވަނަ އަހަރު ތެރެއަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މާލެ އޮޕްޓިކަލް ކޮމްޕެނީއަކީ ރާއްޖޭގައި އެންމެ ގިނަދުވަސްވީ އައިނު ފިހާރަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355