ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން މާސްޓާރ ފެންވަރަށް ކިޔަވާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ކޮންމެވެސް ވަރެއްގެ މާލީ އެހީ ތެރިކަން ކައުންސިލުން ފޯރުކޮށް ދިނުމުގެ ވިސްނުން ގެންގުޅުންވާ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ބައެއް ބެލެނިވެރިންނާ ބައްދަލުކުރައްވައި ބުރާސްފަތި ދުވަހުގެ ރޭ އަފީފުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމެއްގައި އަލީ ވިދާޅުވީ ” 2016 ވަނަ އަހަރު ކައުންސިލުގެ ވިސްނުން ގެންގުޅެން އެބަ ކުޅުދުއްފުށީގައި މާސްޓަރ ފެންވަރަށް ކިޔަވާ ދަރިވަރުންނަށް ކޮންމެވެސް ވަރެއްގެ އިނާޔަތެއް ފޯރުކޮށްދެން ” އަލީ ވިދާޅުވި އެވެ.
ކުޅުދުއްފުށީ މާލިއްޔަތު ހަރަދުކޮށްގެން ކައުންސިލް މުވައްޒަފެއްގެ ހަދަމުންދާ ކޯހެއްގެ ފުރަތަމަ ސެމިސްޓާއަށް ރަށު މާލިއްޔާއިން ފައިސާ ދައްކާގޮތަށް ކައުންސިލްގެ ގަރާރަކު ނިންމާފައިވާތީ އެކަމުގައި ބައެއް ފަރާތްތަކުން ކައުންސިލާ ކުރިމަތި ކުރަމުންދާ ސުވާލުތަކަށް ޖަވާބުދެއްވަމުން އަލީ ވިދާޅުވީ ކައުންސިލްގެ މުވައްޒަފުންނަށް އިތުރު ތަމްރީންތައް ދިނުމަށް ކައުންސިލްގެ ޖަލްސާއަކުން ވާނީ ނިންމާފަކަމަށެވެ.
އަލީ ވިދާޅުވީ ކައުންސިލްގެ މަސައްކަތުން ރަށު މާލިއްޔަތު އިތުރު ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެއަހަރަށް ވުރެ އަނެއް އަހަރު ކައުންސިލަށް ލިބޭ އާމުދަނީ އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.