ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އަންނަ މަހު 1 ގައި 3 ސްޕަރ ސްޕެޝަލިސްޓުން ހިދުމަތް ދޭން ހަމަޖެހިއްޖެ އެވެ.
އެގޮތުން އެ ހޮސްޕިޓަލަށް ގެންނަން ހަމަޖެހިފައި ވަނީ ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި ހިތުގެ ހާއްސަ ޑޮކްޓަރަކާއި ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެކެވެ.
މި ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އޮކްޓޫބަރު މަހު 29 ވަނަ ދުވަހު ހަވީރު 16:00 އަށް ނަންނޯޓު ކުރުމުގެ ފުރުސަތު އޮންނާނެކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ފަރުވާ ދެއްވާނީ ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށާއި ފިރިހެނުން ދަރިން ލިބުމުގެ ނިޒާމުގެ ބަލިތަކަަށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެެވެ. އެގޮތުން ކުޑަކަމުދިއުމަށް ދަތިވުމާއި ހިލަ އުފެދުމާއި ލޭއައުން އަދި ޕްރޮސްޓްރޭޓްގެ މައްސަލަތަކަށް ފަރުވާ ދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
ހިތުގެ ހާއްސަ ޑޮކްޓަރު ހިތާއި ލޭ ހޮލިތަކުގެ ބަލިތަށް ދެނެގަނެ އެ ބަލިތަކަށް ފަރުވާ ދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އެގޮތުން ހާރޓް އެޓޭކް އަދި ލޭ ހޮޅީގެ ތަފާތު މައްސަލަތަކަށް ފަރުވާ ދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެެެެވެ.
ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ހުޅުހުޅަށް ދިމާވާ މައްސަލަތަކާއި ހުޅުތަށް ގުޅުވައިދޭ ލިގަމެންޓްގެ މައްސަލަތަކަށް ފަރުވާ ދޭނެއެވެ.
ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރާއި ހިތުގެ ހާއްސަ ޑޮކްޓަރު ނޮވެމްބަރު މަހު 1 އަދި 2 ގައި ފަރުވާ ދޭން ހަމަޖެހިފައިވާއިރު ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ފަރުވާން ދޭން ހަމަޖެހިފައިނީ ނޮވެމްބަރު 1 ގައި އެވެ.
އާސަންދައިން އިންތިޒާމްކޮށްގެން ސްޕަރ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުން ގެނައުމުގެ ޕްރޮގުރާމްގެ ދަށުން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.