twitterviber whatsapp telegramfacebookyoutube instagram
13th August 2026

އުރީދޫއިން އެސްޓީއޯގެ މުވައްޒަފުންނަށް ހިލޭ ކޯލް އަދި އެސްއެމްއެސްގެ ހިދުމަތް ފޯރުކޮށްދެނީ

Oct 27, 2015

އުރީދޫ މޯލްޑިވްސް އިން އެސްޓީއޯއަށް މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (އެމްވީޕީއެން) ގެ ހިދުމަތް ފޯރުކޮށްދިނުމަށް ދެ ކުންފުނިން އެގްރީމެންޓްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އެމްވީޕީއެން ހިދުމަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ފަރާތުން އެކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ އަހުމަދު ޝަރީހު އެވެ.

އެމްވީޕީއެން ހިދުމަތުގެ ދަށުން އެސްޓީއޯގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ފޮނުވޭނެކަމަށް އުރީދޫއިން ބުނެއެވެ.

އެމްވީޕީއެން ހިދުމަތަކީ ކުދި އޮފީސްތަކުން ފެށިގެން އެންމެ ބޮޑެތި ކޯޕަރޭޓްތަކަށް ހާއްސަކޮށްފައިވާ ގިނަގުނަ ފައިދާތައް ހިމެނޭ ޕެކޭޖެއް ކަމަށް އުރީދޫއިން ބުނެއެވެ. އަދި މި ހިދުމަތުގައި ބޭނުން ކުރެވޭނީ ހަތަރު އަދަދުގެ ކުރު ނަންބަރެއް ކަމަށާއި މި ހިދުމަތަކީ ހަރަދު ކުޑަ އަދި ފަސޭހަ ހިދުމަތެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އުރީދޫއިން މި ހިދުމަތް މިހާރުވެސް ދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކާއި ރިސޯޓްތަކަށް ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މޯލްޑިވެސް ޕޮލިސް ސާވިސް، އެމްސީއެސް، ޕީޖީއޮފީސް، މިނިސްޓަރ އޮފް ޔޫތް އަދި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ލޯ އިން ދަނީ މި ހިދުމަތް ބޭނުން ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355