twitterviber whatsapp telegramfacebookyoutube instagram
15th February 2026

ވައިކަރަދޫގައި ޒުވާނުންނަށް ހާއްސަކޮށްގެން ޕްރޮފެސަރު މުންތަރު ވޯކްޝޮޕެއް ހިންގައިފި

Oct 28, 2015

ވައިކަރަދޫގައި ޒުވާނުންނަށް ހާއްސަކޮށްގެން ޕާސަނަލް ސްޓްރެޓެޖިކް ޓްރްއިނިންގެ ވޯކްޝޮޕެއް ހިންގައިފި އެވެ.

މި ވޯކްޝޮޕްގައި ޖުމްލަ 28 ޒުވާނުން ވަނީ ބައިވެރިވެ ސެޓްފިކެޓް ހާސިލްކޮށްފައި ވެއެވެ. މި ސެޓްފިކެޓަކީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެކެވެ.

މި ވޯކްޝޮޕްގައި ބައިވެރިންނަށް ޓްރެއިންކޮށްދެއްވާފައިވަނީ އިންޓަނޭޝަންލް ހިއުމަން ރިސޯސް ޓްރެއިނަރއެއް ކަމަށްވާ ޕްރޮފެސަރ މުންތަރު އިލްހަމްއެވެ.

މީގެ އިތުރުން ޕްރޮފެސަރ އިލްހާމް ވަނީ ހދ ހަނިމާދޫ އަދި ކުޅުދުއްފުށީގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަ ދަރުހެއްވެސް ދެއްވާފައިއެވެ.

އެދަރުހަކީ ޖަމިއްޔަތުއް ރަޙުމާ ނަމަކަށް ކިޔާ ޖަމިއްޔާއަކާއި މޯލްޑިވިއަން ޔޫތު ލީގް ނަމަކަށް ކިޔާ ޖަމިއްޔާއަކާއި ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގުރާމެކެވެ.

ހދ އަތޮޅުގައި މިޕުރޮގުރާމް ކުރިއަށްގެންދަނީ ހދ އަތޮޅު ކައުންސިލްގެ 3 މެމްބަރު އަމިއްލަގޮތުން ނެވެ. އެއީ ވައިކަރަދޫ ދާއިރާގެ މެމްބަރު ސަޤީފާއި ކުޅުދުއްފުށީ ދާއިރާގެ މެމްބަރު އާތިފްގެ އަދި ހަނިމާދޫގެ ދާއިރާގެ މެމްބަރު ނާސިރެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355