twitterviber whatsapp telegramfacebookyoutube instagram
1st June 2026

އަފީފުއްދީން ސްކޫލަށް ބޭނުންވާ ޕްރީސްކޫލްގެ ޓީޗަރުން ހޯދަން އިއުލާންކޮށްފި

Oct 29, 2015

ހދ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލަށް  ޕްރީ ސްކޫލް ޓީޗަރުން ހޯދުމަށް  އިއުލާން ކޮށްފިއެވެ.

އަންނަ އަހަރު އަފީފުއްދީން ސްކޫލްގައި  ފައުންޑޭޝަން ލެވެލް ނުވަތަ އެލް.ކޭ.ޖީ އާއި ޔޫ.ކޭޖީ ކިޔަވައިދިނުމަށް ހަމަޖެހިފައިވާއިރު އެސްކޫލަށް 8  ޕްރީ ސްކޫލް ޓީޗަރުން ނެގުމަށް ވަނީ  1 އަހަރު ދުވަހުގެ ކޮންޓެކްޓް އުސޫލުންނެވެ.

އެގޮތުން ދަރިވަރުންނަށް ކިޔަވައިދިނުމުގެ ގޮތުން ޖުމްލަ 7 ރޭންކެއްގެ 8 ޓީޗަރަކު ހޮވުމަށް އެ ސްކޫލުން އިއުލާން ކޮށްފައި ވެއެވެ. އެއީ ޖީއެސް 2، ޖީއެސް 3، ޖީއެސް 4، އެމްއެސް 1، އެމްއެސް 2، އެމްއެސް 3 އަދި އެމްއެސް 4 ރޭންކުގެ ޓީޗަރުންނެވެ.

މި ވަޒީފާއަށް ޓީޗަރުން ހޮވުމުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ޕްރީ ސްކޫލް ޓީޗަރެއްގެ ގޮތުގައި އުޅުއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެކަމަށް އެ ސްކޫލުން ނެރުނު އިއުލާންގައި ވެއެވެ.

މީގެ އިތުރުން ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރާއި މަސައްކަތުގެ ތަޖުރިބާ ލިބފައިހުރި މިންވަރާއި ހުނަރާއި ފެންވަރާއި ގާބިލްކަމުގެ ސިފަތަކަށް ޓީޗަރުން ހޮވުމުގައި ބެލޭނަކަމަށްވެސް އެ ސްކޫލުން ބުނެއެވެ.

މި ވަޒީފާއަށް ކުރިމަތިލާ ފަރާތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭނެ ފަރާތްތަށް އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 12 އިން 21 ވަނަ ދުވަހާ ހަމަޔަށް ކަމަށް އެ ސްކޫލުން ބުނެއެވެ.

އަންނަ އަހަރު އަފީފުއްދީން ސްކޫލްގެ އިތުރުން ހދ އަތުޅު ތައުލީމީ މަރުކަޒުގައިވެސް އެލް.ކޭ.ޖީ އަދި ޔޫ.ކޭޖީ އަލަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355