twitterviber whatsapp telegramfacebookyoutube instagram
13th August 2026

ހދ އަތޮޅު ތައުލީމީ މަރުކަޒަށް 14 ޕްރީ ސްކޫލް ޓީޗަރުން ހޯދަނީ

Oct 29, 2015

އަންނަ އަހަރު ހދ އަތޮޅު ތައުލީމީ މަރުކަޒަށް ބޭނުންވާ 14 ޕްރީ ސްކޫލް ޓީޗަރުން ހޯދުމަށް މިއަދު އިއުލާންކޮށްފި އެވެ.

އެގޮތުން ދަރިވަރުންނަށް ކިޔަވައިދިނުމުގެ ގޮތުން ޖުމްލަ 7 ރޭންކެއްގެ 8 ޓީޗަރަކު ހޮވުމަށް އެ ސްކޫލުން އިއުލާން ކޮށްފައި ވެއެވެ. އެއީ ޖީއެސް 2، ޖީއެސް 3، ޖީއެސް 4، އެމްއެސް 1، އެމްއެސް 2، އެމްއެސް 3 އަދި އެމްއެސް 4 ރޭންކުގެ ޓީޗަރުންނެވެ.

މި ވަޒީފާއަށް ޓީޗަރުން ހޮވުމުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ޕްރީ ސްކޫލް ޓީޗަރެއްގެ ގޮތުގައި އުޅުއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެކަމަށް އެ ސްކޫލުން ނެރުނު އިއުލާންގައި ވެއެވެ.

މީގެ އިތުރުން ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރާއި މަސައްކަތުގެ ތަޖުރިބާ ލިބފައިހުރި މިންވަރާއި ހުނަރާއި ފެންވަރާއި ގާބިލްކަމުގެ ސިފަތަކަށް ޓީޗަރުން ހޮވުމުގައި ބެލޭނަކަމަށްވެސް އެ ސްކޫލުން ބުނެއެވެ.

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ނޮވެމްބަރު 12 ވަނަ ދުވަހުގެ މެންދުރު ބަރާއިގެން ކުރިން ބޭނުންވާ ހުރިހާ ލިޔެކިޔެމެއް ސްކޫލަށް ހުށަހަޅަން ޖެހެ އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒަށް 14 ޕްރީ ސްކޫލު ޓީޗަރުން ހޯދާއިރު އަފީފުއްދީން ސްކޫލަށް ހޯދަނީ 8 ޓީޗަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355