twitterviber whatsapp telegramfacebookyoutube instagram
13th August 2026

ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި

Nov 1, 2015

2016 ވަނަ އަހަރު ކުޅުދުއްފުށި ކައުންސިލް އިދާރާއިން ނާސަރީ އާއި ބޭބީ ނާސަރީއަށް ހާއްސަކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޕްލޭ ސްކޫލަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެގޮތުން އެސްކޫލަށް ވައްދަށް ބޭނުންވާ ފޯމު ދޫކުރަން ހަމަޖައްސާފައިވަނީ 01 ނޮވެމްބަރުން 12 ނޮވެމްބަރުގެ ނިޔަލަށެވެ. ފޯމް އަމީރު އަމީން ސްކޫލުންނާއި އިރުމަތި އަވަށު ޕްރީ ސްކޫލުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން 14:30 އަށް ލިބެން ހުންނާނެކަމަށް އެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ވެއެވެ.

އަދި ފޯމު ބަލައިގަތުން އޮންނާނީ ނޮވެމްބަރު މަހުގެ 16 އިން 19 ވަނަ ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ކައުންސިލް އިދާރާގައި ކަމަށްވެސް އެއިއުލާނުގައި ވެއެވެ.

އަންނަ އަހަރު ފެށުމަށް ހަމޖެހިފައިވާ މި ޕްލޭސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ މިހާރުގެ އައިޕީއެސް ހުންނަ އިމާރާތުގައި އަމީރު އަމީން ސްކޫލު ނަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355