މޮޓޯރސައިކަލް ދުއްވުމައް ހާއްސަ ކުރެވި އެކަމުގެ ގާބިލްކަން އެކުލެވިފައިވާ ރޮބޮޓެއް ޔަމަހާއިން އުފައްދައިފި އެވެ.
“މޮޓޮބޮޓް” އަކީ މޮޓޯރސައިލުގައި ރޮބޮޓަކަށް ހާއްސަކުރެވިގެން ވަކި މޮޑިފިކޭޝަންއަކާ ނުލައި އިންސާނުންނެކޭ އެއްފަދަޔަށް ސައިކަލް ދުއްވުމުގެ ގާބިލްކަން އެކުލަވާލާ އުފައްދާފައިވާ ރޮބޮޓެކެވެ.
ޔަމާހާގެ މި އުފެއްދުނަ ވަނީ މި ހަފްތާ ތެރޭގައި ކުރިޔަށް ދި ޓޯކްޔޯ މޮޓޯރ ޝޯވ ގައި ދައްކާލާފައި އެވެ.
މިފަދަ ރޮބޮޓެއް ނެރުމުގެ މަގުސަދަކީ އޮޓޯނޯމައުސް ވެހިކަލްސްގެ ޓެކްނޮލޮޖީ އާންމުންގެ މެދުގައި ތައާރަފް ކުރެވިގެން ދިޔުން ކަމަށާއި އެކަން އެގޮތަށް ވެއްޖެނަމަ ސައިކަލްގެ އިތުރުން ކާރު ވެސް ދުއްވޭނެފަދަ ރޮބޮޓްތައް އުފެއްދުމުގެ އުންމީދު އެބަ އޮތްކަމަށް ޔަމަހާ މޮޓޯރ ވެންޗުއަރސް އެންޑް ލެބޯރަޓޮރީގެ ޗީފް އެގްޒެކިއުޓިވް ހިރޯ ޝައިޖޮއު ބުނެފައިވެއެވެ.
ޔަަމަހާއިން ބުނަނީ މި އުފެއްދުން ބާޒާރަށް ނެރުމަށް އަދި މުޅިން ތައްޔާރު ނުވާކަމަށާއި މި ރޮބޮޓަށް އަދި ގެންނަން ޖެހޭ އެކި ބަދަލްތަކާއި އިސްލާހުތަށް އެބަ ހުރި ކަމަށެވެ.
މޮޓޮބޮޓްގެ ފުރަތަމަ ވާޒަން އުފެއްދާފައިވަނީ ޓްރެއިން ފުރޮޅާއި އެކު އެެވެ. އަދި ޕަބްލިކް މަގުތަކުގަޔާއި ދައް ސްޕީޑް ތަކުގައި ދުއްވުމަށް މޮޓޮބޮޓް އަދި ސްޓޭބަލް ނުވާނެކަމަށް ޔަމަހާއިން ބުނެއެވެ.
ޔަމަހާގެ އުންމީދަކީ މޮޓޮބޮޓް ޖީޕީއެސް އަދި ސެންސަރާއިއެކު ކޮންޓްރޯލް ކުރެވޭނެހެން ފުރިހަމަޔަށް އޮޓޯނޮމައުސް ވެގެން ދިޔުން ކަމަށް އެ ކުންފުނިން ބުނެއެވެ.