ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހެވިކަމުގެ ހަރަކާތްތަކެއް ސިފައިން ކުޅުދުއްފުށީގައި ދައްކައިލައިފި އެވެ.
ކުޅުދުއްފުށީ ސަހަރައްދީ ބަންދަރުގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ހެވިކަމުގެ ހަރަކާތް ބައްލަވާލެއްވުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރާއި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިޔާ އައްބާސް އިބްރާހީމާއި އަބްދުއްރަޝީދު ހުސައިން ވަނީ އެސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ޝަގީފާއި ކައުންސިލް ރައީސް އަލީ މުހައްމަދު ވެސް ޑްރިލް ބައްލަވައިލައްވާފަ އެވެ.
ކުޑަކުދިންގެ ހަވީރަކާއި އެކީ ކުރިއަށްގެންދިޔަ މި ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފަ އެވެ. މިހަވީރުގައި ކުޅުދުއްފުށީގައި ދިހަވަރަކަށް މުވައްސަސާތަކުގެ ސްޓޯލްތައް ވަނީ ބަހައްޓާފަ އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާ މިރޭ ކުޅުދުއްފުށީ އަފީފުއްދީ ސްކޫލުގައި އޮންނާނެ އެވެ. އެޖަލްސާ ޕީއެސްއެމް ވަގުތުން ދުރައް ދައްކާނެ އެވެ. އަދި ޖަލްސާއަށް ފަހުވެސް ސިފައިންގެ ހެވިކަމުގެ ހަރަކާތްތެއް އެސަރަހައްދުގެ އަމީނީ މަގުގައި ވެސް ކުރިއަށްގެންދާނެ އެވެ.
އިތުރު ފޮޓޯތައް ބެލެއްވުމަށް