twitterviber whatsapp telegramfacebookyoutube instagram
19th May 2024

މިދިޔަ ސެޕްޓެމްބަރ މަހު ހަމަލާއިންވެސް ޤައުމަށް ލިބުނީ ނަސްރެއް: އައްބާސް އިބްރާހިމް

Nov 3, 2015

މިދިޔަ ސެޕްޓެމްބަރ މަހު ރައީސް ޔާމީން އަބްދުލްގައްޔޫމް އަވަހާރަ ކޮށްލުމަށް ދިން ހަމަލާއިން ރައީސް ސަލާމާތްވިކަން އެއީވެސް ﷲ ދިވެހި ގައުމަށް ދެއްވި ނަސްރެއްކަމަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އައްބާސް އިބްރާހިމް މިހެން ވިދާޅުވީ މިރޭ ނަސްރުގެ ދުވަސް ފާހަގަ ކުުރުމުގެ ގޮތުން އަފީފުއްދީން ސްކޫލްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަމުނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްބާސް އިބްރާހިމް ވިދާޅުވީ ދިވެހި ގައުމަށް މިނިވަންކަން ލިބިފައިވަނީ އެމިނިވަންކަން ދިފާއުކުރެއްވުމެއް މެދުވެރިކުރެއްވި ބަތަލުންގެ ސަބަބުން ކަމަށާއި އެކަން ދިވެހި ތާރީހުންވެސް ފެންނަ އެބައޮތްކަމަށެވެ. އަދި މިފަދަ ދުވަސްތަށް ފާހަގަ ކުރުމުގެ މަގުސަދަކީ ކޮންމެ މީހެއް އިސްކުރަން ވާނީ ދިވެހި ގައުމުކަން ވިސްނައި ދިނުންކަމަށާއި މީގެ 27 އަހަރު ކުރިން 3 ނޮވެމްބަރ ގައި އެދުވަހު ދިވެހި ސިފައިން ދެއްވި ހިތްވަރު ނުދެއްކެވިނަމަ މިއަދު ދިވެހި ގައުމު މިދެކޭ މިނިވަންކަމާއި ސިޔާދަތު ނޯންނާނެ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

އަދި އެގޮތުން 3 ނޮވެމްބަރ ފާހަގަ ކުރަމުންދާއިރު އިސްލާމީ ހިދާޔަތު ދިވެހި ރާއްޖެއަށް ގެނެސްދެއްވި ދަރުމަވަންތަ ރަސްގެފާނުގެ ހަނދާން އައު ކުރަންޖެހޭކަމަށާއި އަދި ދިވެހި ގައުމުގެ މިނިވަންކަން ނުރައްކަލުގެ ތެރޭގައި ވީ ކޮންމެ ހިދެއްގައިވެސް މިނިވަންކަން ހޯދައިދީ މިނިވަންކަން ދެމެހެއްޓުމަށް މެދުވެރިވި ހުރިހާ ބަތަލުންގެ ހަނދާން ވެސް އައު ކުރަންޖެހޭކަމަށްވެސް އައްބާސް ވިދާޅުވި އެވެ. އެގޮތުން ބޮޑުތަކުރުފާނާއި އަލި ރަސްގެފާނުން ފަދަ ބަތަލުން ދެއްކެވި ހިތްވަރުން ހިތްވަރު ލިބިގަންނަށް ޖެހޭކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ ވާހަކާގައި ވަނީ ރައީސް ޔާމީނުއަވަހާރަ ކޮށްލުމަށް މިދިޔަ ސެޕްޓެމްބަރ މަހު ދިން ހަަމަލާއާއި ރޭ މުލިއާގެ ކައިރިން ގޮއްވާލުަމަށް ތައްޔާރުކޮށްފައިވާ ބޮމުގެ މަސައްލައަށް އަލިއަޅުވާ އެކަންތައް ކުށްވެރިކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355