twitterviber whatsapp telegramfacebookyoutube instagram
19th May 2024

ޝަހީދު ހުސެއިން އާދަމް އެދުވަހު ދެއްކި ފިލާވަޅު އަދުގެ ދަރީން ހަނދާނުގައި ބަހައްޓަން ޖެހޭ : ޝަގީފް

Nov 4, 2015

ޝަހީދު ހުސައިން އާދަމް 3 ތިނެއް ނޮވެންބަރު ދައްކުކުވައިދިން ފިލާވަޅު އަދުގެ ދަރީން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ޝަގީފް ވިދާޅުވެއްޖެ އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ އަފީފުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝަގީފް ވިދާޅުވީ  ޝަހީދު ހުސެއިން އާދަމް އެދުވަހު އެދައްކައިދިން ފިލާވަޅަކީ  ތިމާގެ ފުރާނައަށް ނުރައްކާތެރިވި ނަމަވެސް އެއްވެސް ފަސްޖެހުމެއްނެތި ނުގުޑާފަދަ އަޒުމެއްގައި ގައުމައްޓަކާ ޤުރުބާންވުމަށް ފަސްޖެހިގެން ނުވާނެކަން ކަމަށެވެ. ޝަގީފް ވިދާޅުވީ ހުސައިން އާދަމް އެދުވަހު  އެދައްކުވައިދިން ނަމޫނާއިން އިބްރަތް ލިބިގަންނަން ޖެހޭ ކަމަށެވެ.

” ޤައުމުގައި އެފަދަ ދަރިން ނެތްނަމަ، ހިނިތުން ވުމެއް ހިތްހަމަޖެހުމެއް، މިއަދު މިޤައުމުން ނުފެނުނީސް. އެދުވަހު ދުޝްމިނުންނާ ދެކޮޅަށް އެންމެ ފާހަގަ ކޮށްލެވޭ އަދި އެންމެ މުހިންމު ރައްދެއް ދިނީ ހުސައިން އާދަމް. އޭނާގެ އެ މަތިވެރި ޖިހާދީ ހަދާންތައް، ޤައުމުދެކެ ލޯބިވާ ދަރިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެ. އޭނާގެ އަތުން ވަޒަން ހުސްވި ނަމަވެސް، ހަށިކޮޅުގެ ޝަހީދީ ލޭ، މިފަސްގަނޑަށް އޮހޮރެމުން ދިޔައިރުވެސް، ހުސައިން އާދަމް އެދި ގޮވަމުން ދިޔައީ އިތުރު ވަޒަން ދިނުމަށް. ގަންނާކުރެއްވި ބިރުން ފިލަން، ނުވަތަ، ސިފައިންގެ އެތެރެއަށް ވަންނާކަށް މަސައްކަތެއް ނުކުރޭ ” އަތޮޅު ކައުންސިލްގެ ރައީސް ޝަގީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝަހީދު ހުސައިން އާދަމް ޝަހީދުވެގެން މިލޮބުވެތި ފަސްގަނޑަށް ވެއްޓުނީ އަމިއްލަ ފުރާނައަށްވުރެއް ހުއްބުލް ވަތަން އިސްކުރަމުން ޤައުމުގެ ދިފާއުގައި ޝަހީދުވެގެން ކަމަށެވެ.

ޤައުމުގެ އެތެރެއިންނާއި ބޭރުން ގައުމުގެ އަމަން އަމާން ކަމަށް ނަގާލަން އުޅޭ ކޮންމެ ދަނޑިވަޅެއްގައި ހުސައިން އާދަމް ދެއްކެވި ނަމޫނާ، ނަމޫނާ އަކަށް ބަލަން ޖެހޭނެ ކަމަށް ޝަގީފް ވިދާޅުވި އެވެ. އަދި އެވަސިއްޔަތުގައި ދިވެހި ޤައުމު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޒުވާނުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ޝަގީފް ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355