twitterviber whatsapp telegramfacebookyoutube instagram
13th July 2025

ފިލްމް އަހުޝާމް ކުޅުދުއްފުށީގައި އެޅުވުމަށް ހަމަޖެހިފައިވާ ތާރީހުތަކަށް ބަދަލު ގެނެސްފި

Nov 4, 2015

ފިލްމް އަހުޝާމް ކުޅުދުއްފުށީގައި ދެއްކުމަށް ހަމަޖެހިފައިވާ ތާރީހުތަކަށް ބަދަލު ގެނެސްފި އެވެ.

ކުޅުދުއްފުށީގައި މިފިލްމް އެޅުވުމުގައި އިސްކޮށްއުޅޭ ފަރާތެއް ކަމަށްވާ އަހުމަދު އާދަމް މި ނޫހަށް މައުލޫމާތު ދެމުން ބުނީ އަހުޝާމް ފިލްމް ދެއްކުމަށް ހަމަޖެހިފައިތާ ތާރީހުތަށް މިހާރު ވަނީ އަވަސްވެފަކަމަށެވެ.

އެގޮތުން 12 ނޮވެމްބަރ ގެ ޝޯ މިހާރު އެޅުވުމަށް ހަމަޖެހިފައިވަނީ 9 ނޮވެމްބަރ ގެ ރޭ ކަމަށާއި 13 ނޮވެމްބަރ ގެ ޝޯ އެޅުވުމަށް ހަަމަޖެހިފައިވަނީ 10 ނޮވެމްބަރ ގެ ރޭ ކަމަށާއި އަދި 14 ނޮވެމްބަރ ގެ ޝޯ މިހާރު އެޅުވުމަށް ހަމަޖެހިފައިވަނީ 11 ނޮވެމްބަރ ގެ ރޭ ކަމަށް އަހުމަދު ބުންޏެވެ.

އޭގެ އިތުރުން މިހާރު 9 ނޮވެންބަރ އަދި 10 ގެރޭ އެޅުވުމަށް ހަމަޖެހިފައިވާ ޝޯ ވަނީ ފުލްވެފަ ކަމަށާއި މިހާރު ޓިކެޓް ވިކެމުންދަނީ 11 ވަނަ ދުވަހުގެ ޝޯ އަށް ކަމަށް އަހުމަދު ބުންޏެވެ.

އިތުރު މައުލޫމާތެއް ސާފު ކުރެއްވުމަށް ބޭނުންވާނަމަ 9958404 ނަމްބަރަށް ގުޅުވުމުން މައުލޫމާތު ސާފު ވާނެކަމަށްވެސް އަހުމަދު ބުންޏެވެ.

ފިލްމް އަހުޝާމްއަކީ އެސް ޕްރޮޑަކްޝަންގެ ފުރަތަމަ ފިލްމެވެ. އަދި މި ފިލްމްގެ ބޮޑުބައި ޝޫޓް ކޮށްފައިވަނީ ކުޅުދުއްފުށީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355