ސިވިކް ޕާޓިސިޕޭޝަން ޕްރޮޖެކްޓުގައި ހިމެނޭ ސިިވިކް އެޑިއުކޭޝަންއަށް ޓީޗަރުން އަހުލުވެރިކުރުމުގެ ޕްރޮގްރާމް ހިންގުމަށް މަންދު ކޮލެޖާއި ހަވާލުކޮށްފި އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި އިންޓަރނޭޝާނަލް ފައުންޑޭޝަން ފޮރ އިލެކްޓޯރަލް ސިސްޓަމްސް ގުޅިގެން ހިންގާ މި ޕްރޮގްރާމަކީ އުނގެނުމާއި އުގަންނައިދިނުމުގައި ސިވިކްގެ ބައިތަށް ބޭނުންކުރެވޭނެ ގޮތްތަަކަށް ޓީޗަރުން އަހުލުވެރިކުރުމުގެ މަގްސަދުގެ ހިންގާ މި ޕްރޮގްރާމުގައި ރާްއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ސިވިކްގެ މައުލޫމާތާއި ހުނަރު ބޭނުން ކޮށްގެން ކިޔަވައި ދިނުމުގައި ޓީޗަރުން ބޭނުން ކުރާނެ އުސޫލުތަކާއި ދިއާ މަންހަޖުގެ ދަށުން ވެހިރާއްޖެގެ ސްކޫލްތަކުގައި ސިވިކް އެޑިއުކޭޝަން ޕްރޮގްރާމްތައް ތައާރަފްކުރުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ލިބޭނެގޮތްތަކާއި ބޭނުންކުރާނެގޮަތްތަށް ޓީޗަރުންނަށް ދަސްކޮށްދެވިގެން ދާނެއެވެ.
އޭގެ އިތުރުން ކިޔަވައިދިނުމުގައި ޓީޗަރުން ބޭނުން ކުރާނެ އުސޫލްތަކާއި މުޖްތަމައުގެ ތަފާތު އެކި ހަރަކާތްތައް ހިންގުމުގައި އަމަލުކުރާނެ ގޮތްތަކަށް ޓީޗަރުން މި ޕްރޮގްރާމްގެ ތެރެއިން އަހުލުވެރިކޮށްދެވޭނެ އެވެ.