ކުޅުދުއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ކަންތައްތަކާ ބެހޭ ގޮތުން މިރޭ ކުޅުދުއްފުށީ ރައްޔިތުންނަށް މައުލޫމާތު ދޭން ހަމަޖެހިފައިވާ ކަމަށް ކައުންސިލް ބުނެފި އެވެ.
ކައުންސިލުން ބުނީ ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ އުތުރު ބަނދަރުގައި ރިވެޓްމެންޓް ޖަހާ، ދެކުނު ފަރާތުގައި ބޭރު ތޮށްޓެއްލައި އެސަރަހައްދުގެ ގޮނޑުދޮށް މުއްސަނދިކުރުމަށް ހިންގާ މަޝްރޫއާ ބެހޭ ގޮތުން ކަމަށެވެ.
އަދި ބަނދަރު މަރާމަތުކޮށް ރަށް ގިރުމުގެ މައްސަލަތައް ހައްލުކުރުމާއި އާޓިފިޝަލް ބީޗެއް ހެދުން ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެކަމަށެވެ.
މިކަމުގެ މައުލޫމާތު ދިނުމަށް ބައްވާ ބައްދަލުވުން އޮންނާނީ މިރޭ 9:00 ޖަހާއިރު ޖަލާލުއްދީން ސްކޫލުގެ ހޯލްގައި އެވެ. މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށް ކައުންސިލުން ބުނެ އެވެ.