ސަރުކާރުން ބަޖެޓް ދީގެން ކުޅުދުއްފުށީގައި އިމާރާތް ކުރަން ހަމަޖެހިފައިވާ 2 ޕްރީ ސްކޫލް އިމާރާތް ކުރާނެ ބަޔަކު ހޯދުމަށް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގެ އިއުލާން ކުރާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ބުނެފި އެވެ.
ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އޭރު އެޑިއުކޭޝަން މިނިސްޓަރ ޑރ އާސިމް އަހުމަދު ބިންގާ އަޅުއްވައިދެއްވި 2 ޕްރީ ސްކޫލެވެ.
ކައުންސިލުން ބުނީ ސަރުކާރުން ކުޅުދުއްފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 2 ޕްރީ ސްކޫލްގެ އިމާރާތް ކުރާނެ ބަޔަކު ހޯދުމަށް އަންނަ ހަފްތާ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށެވެ.
“ހިރަފުސް ދަނޑު” ގެ މައި ގޭޓާއި ދިމާލުގައި އޮންނަ ހުސް ބިމުގައި އެއް ސްކޫލް އަޅަން ހަމަޖެހިފައި ވާއިރު ދެވަނަ ސްކޫލް އަޅާނީ އުތުރު އަވަށުގައި ކުރިން ކުޑަކުދިންގެ ޕާރކެއްގެ ގޮތުގައި އޮތް ސަރަހައްދުގައެވެ.
މި ދެ ޕްރީ ސްކޫލު އިމާރާތް ކުރާ ބަޖެޓެއްގެ ގޮތުގައި ކަނޑައަޅާއިފަވަނީ 2 މިލިއަން ރުފިޔާ އެވެ.
މިއީ ރާއްޖޭގައި ޕްރީ ސްކޫލަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކުރާ ފުރަތަމަ ދެ ޕްރީސްކޫލު ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ އާސިމް އަހުމަދު ބިންގާ އަޅުއްވައިދެއްވަމުން ވިދާޅުވެފައި ވެއެވެ.
އިތުރު 2 ޕްރީ ސްކޫލް ކުޅުދުއްފުށީގައި އަޅަން ސަރުކާރުން ހަމަޖައްސާފައިވާއިރު ސަރުކާރުން ވަނީ ޕްރީ ސްކޫލް ގުރޭޑްތައް އަންނަ އަހަރުން ފެށިގެން ސަރުކާރުގެ ސްކޫލްތަކަށް ބަދަލުކުރުމަށް ނިންމާފަ ކަން ފާހަގަކޮށްލެވެ އެވެ.