twitterviber whatsapp telegramfacebookyoutube instagram
19th May 2024

ބޯޒިޔާރަތް ސަރަހައްދުގައި އާޓިފިޝަލް ބީޗެއް ހަދަނީ

Nov 8, 2015

ކުޅުދުއްފުށީ ބޯޒިޔާރަތް ސަރަހައްދުގައި އާޓިފިޝަލް ބީޗެއް ހެދުމަށް ހަމަޖެހިއްޖެ އެވެ.

“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލް މެމްބަރު އިބުރާހިމް ރަޝީދު ވިދާޅުވީ ބޯޒިޔާރަތް ސަރަހައްދުގައި ހަދަން ހަމަޖެހިފައިވާ އާޓިފިޝަލް ބީޗަކީ އެސަހަރައްދު ގިރަމުން ދާތީ އެކަން ހައްލުކުރުމަށް ހިންގައި މަޝްރޫއުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއު އެއް ކަމަށެވެ.

އޭނާ ވިދާޅުވީ މޫދު އެރޭ ސަރަހައްދުގެ ގޮތުގައި 20 މީޓަރުގެ ސަހަރައްދެއް ހެދޭނެ ކަމަށާއި އަދި ބީޗްގެ ގާތައް ނަގައި އެތަނަށް ވެލި އަޅައި ރީތި ކުރެވިގެންދާނެ ކަމަށެވެ.

އެސަރަހައްދުގެ ގިރުން ހުއްޓުމުގެ ގޮތުން ބޭރު ތޮށިން ކުޑަ ތަންކޮޅެއް އެތެރެއަށް ވާގޮތަށް ވޯޓާ ބުރޭކާއި އެކު 710 މީޓަރުގެ ރިވެޓްމެންޓެއް ޖަހާނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

ބޯޒިޔާރަތް ސަރަހައްދު ތަރައްގީކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ޗާޓެއް–

އެގޮތުން އެ ސަރަހައްދުގައި ޖުމްލަ ތިން ވޯޓާ ބުރޭކެއް ލުމަށް ހަމަޖެހިފައިވެ އެވެ. އެއީ 120 މީޓަރުގެ ވޯޓާ ބުރޭކަކާއި 140 މީޓަރުގެ ވޯޓާ ބުރޭކަކާއި ރިވެޓްމެންޓާ އެކު ޖެހުމަށް ހަމަޖެހިފައިވާ 450 މީޓަރުގެ ވޯޓާ ބުރޭކެކެވެ. ކޮންމެ ވޯޓާ ބުރޭގެ ގެ ދެމެދުގައި 18 މީޓާރާއި 20 މީޓަރުން ހުންނާނެ އެވެ.

އިބްރާހިމް ވިދާޅުވީ މި މަސައްކަތް ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި މިމަޝްރޫއުގެ ދަށުން ބޯޒިޔާރަތް ސަރަހައްދުން ފެށިގެން އިންޖީންގެގޭ ސަރަހައްދުގެ ގޮނޑުދޮށް ހިމަޔާތް ކުރެވިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލާއި އެންވަރމެންޓް މިނިސްޓްރީއާ ދެމެދު ކުރެވުނު މަޝްވަރާގެ ދަށުން ކުރިއަށްގެންދާ މަޝްރޫއު އެއްކަމަށެވެ. އޭނާ ވިދާޅުވީ ވެލިގަނޑު ސަރަހައްދު އިމާރާތްކޮށް އެތަނުގައި ބަނދަރެއް ހެދުމުގެ މަޝްރޫއު އަންނަ އަހަރު ފެށިގެންދާނެ ކަމަށެވެ.

ވެލިގަނޑުގައި ސަރަހައްދުގައި ހަދައި ބަނދަރުގައި ވެސް ރެކްރިއޭޝަން ސަރަހައްދެއް ހިމެނެ އެވެ.

ބޯޒިޔާރަތް މަޝްރޫއު އާއި އިތުރު 2 މަޝްރޫއު އަކާއި ބެހޭ ގޮތުން ހިޔާލް ހޯދައި މަޝްވަރާކުރުމަށް ސީޑީއީގެ ކޮންސަލްޓަންޓެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ކުޅުދުއްފުށީ ރައްޔިތުންނާ ވެސް ބައްދަލުކޮށްފަ އެވެ.

މިމަޝްރޫއުގެ އަމަލީ މަސައްކަތް ކުރުމަށް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ކެޕިޓަލް އިންވެސްޓްމެންޓާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355