twitterviber whatsapp telegramfacebookyoutube instagram
19th May 2024

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮތްޕެއް ކުޅުދުއްފުށީގައި ހުޅުވަނީ

Nov 8, 2015

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ގޮތްޕެއް އަންނަ އަހަރު ކުޅުދުއްފުށީގައި ހުޅުވަން ހަމަޖެހިފައިވާ ކަމަށް އެ ބޭންކް ބުނެފި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން މުހައްމަދު ޝަފާއު “ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންނަ އަހަރު ކުޅުދުއްފުށީގައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮއްޕެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި މަސައްކަތް ކުރަމުން ދަނީ އަންނަ އަހަރުގެ ކުރީ ކޮޅު ކުޅުދުއްފުށީގައި ގާއިމްކުރާ ގޮފިން ހިދުމަތް ދިނުމަށް ކަމަށް ޝަފާއު ވިދާޅުވި އެވެ.

އަންނަ އަހަރު ކުޅުދުއްފުށީގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ މޯލްޑިވްސް އިސްލާމިކް ބޭންކާއި ބެހޭ ގޮތުން ޝަފާއު ވިދާޅުވީ މިހާރު ކުރަމުންދަނީ މުވައްޒަފުން ޓްރެއިން ކުރުމުގެ މަސައްކަތާއި އިމާރާތެއް ހޯދުމުގެ މަސައްކަތް ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލް މެމްބަރު އަލީ ހާޝިމް ވިދާޅުވީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެދުމުގެ މަތިން އެފަރާތައް ކުޅުދުއްފުށީ 10000 އަކަށް ފޫޓްގެ ބިމެއް ކައުންސިލް ދޫކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި ކައުންސިލުން ނިންމަން ޖެހޭ ކަންތައް ނިމުމަށް ފަހު ހައުސިންގ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް އަލީ ހާޝިމް ފާހަގަކުރެއްވި އެވެ.

އަލީ ހާޝިމް ވިދާޅުވީ އެކަމުގައި ޖަވާބެއް ހައުސިންގ މިނިސްޓްރީން ކައުންސިލަށް އަންގާފައިނުވާ ކަމަށާއި އެކަމުގެ ހުއްދަ މިނިސްޓްރީން ދިންހާ އަވަހަކަށް އިސްލާމިކް ބޭންކާ ހަވާލުކުރައްވާނެ ކަމަށެވެ. އިސްލާމިކް ބޭންކަށް ކައުންސިލު ދޭން ހަމަޖެއްސި ބިމަކީ ބަރާބަރު ފިހާރަ ކުރިމަތީގައިވާ ހުސް ބިމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355