ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 79 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ 10 އަހަރުގެ އަންހެން ކުއްޖަކާއި 6 އަހަރުގެ އަންހެންކުއްޖަކަށް ގަދަކަމުން ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
އޭގެތެރެއިން 37 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އެކިދުވަސް މަތިން 10 އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމަށް ބުނެ ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި މި ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު 14:00 ހާއިރު ހއ. އުލިގަމުންނެވެ. އަދި 76 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އެކި ދުވަސްމަތިން 6 އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމަށް ބުނެ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލަައަކާއި ގުޅިގެން މި ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގެ 16:00 ހާއިރު ހއ. މުރައިދޫއިންނެވެ.
79 އަހަރުގެ މިހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާފައެވެ. އަދި 37 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަތައް ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުު ކުރަމުންނެވެ.